އޭދަފުށީގައި ދިރާސީ އާއަހަރުގެ ކިޔެވުން ފަށައިފި

ދ.jpg

ރާއްޖޭގެ ހުރިހާ ސްކޫލްތަކާއެކު 860 އަށްވުރެ ގިނަ ދަރިވަރުން ގޮވައިގެން އޭދަފުށީގައި ދިރާސި އާއަހަރުގެ ކިޔެވުން ފަށައިފިއެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒާއި ބަހިއްޔާ ޕްރީސްކޫލްގައި މިއަދު އާ އަހަރު ފަށާފައިވާ އިރު ސްކޫލަށާއި ދަރިވަރުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކު ޓީޗަރުންނާއި ކުދިންގެ ޓެކްސްޓް ފޮތްތައްވެސް ވަނީ ހަމަވެފައިކަމަށާ އެއްވެސް ޗެލެންޖެއް ނެތްކަމަށް ތައުލީމީ މަރުކަޒުން ވިދާޅުވިއެވެ. އިތުރަށް ވިދާލުވީ މިއަހަރު އަލަށް ޕްރީސްކޫލަށް57  ކުދިންނާއި ރަށުން ބޭރުން 22 ކުދިން ސްކޫލާ ގުޅިފައިވާ ކަމަށެވެ.

ދިރާސި އާއަހަރުގެ ކިޔެވުންފެށުމުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން  އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ސްކޫލުތަކަށް ބޭނުންވާ ހުރިހާ ކަމެއް ހުރީ ފަހިވެފައެވެ. ޓީޗަރުން ވަނީ ހަމަކޮށްފަ އެވެ. ފޮތް، ފަންސުރު ފަދަ ތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނެތެވެ.

“އެޑިއުކޭޝަން މިނިސްޓްރީގެ ވަރަށް ބޮޑު އިންޓަރެސްޓެއް މި އަހަރުގެ ތެރޭގައި ލިބެން ހުރި އެންމެ ރަނގަޅު ވަސީލަތްތައް ސްކޫލުތަކާ ހަމައަށް ފޯރުކޮށްދިނުން. އެ ފޯރުކޮށްދޭއިރު އަޅުގަނޑަށް ގަބޫލުކުރެވެނީ ޓެކްނޮލޮޖީއޭ އެންމެ ބޮޑު ޕްލެޓްފޯމަކަށް ވާނީ،” މިހާރު އަށް ދީފައިވާ ބަސްދީ ގަތުމެއްގައި އެކަމަނާ ވިދާޅުވިއެވެ..

މިދިޔަ ތިން އަހަރަށް ބަލާއިރު ތައުލީމީ ދާއިރާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެއްގެ ގޮތުގައި އެކަމަނާ ފާހަގަ ކުރައްވާފައިވަނީ ގައުމީ އާ މުގައްރަރު ތައާރަފު ކުރުންކަމަށް ވާއިރު ވިދާޅުވީ  މި ސަރަހައްދުގެ ބައެއް ގައުމުތަކަށް ވެސް މި މުގައްރަރުގައި ކިޔަވައިދޭ ގޮތް ރަނގަޅުވެގެން އެކަން ފާހަގަކުރާ ކަމަށެވެ.

އެކަމނާ ވިދާޅުވީ މީގެ މީގެ ކުރިން ބެލެނިވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ ޓީޗަރުން ހަމަ ނުވާ ކަމުގެ ޝަކުވާ ކަމަށާއި މި ފަހަރު އޭގެ އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމުގައެވެ.

“މިސާލަކަށް ޓީޗަރަކު ބަލިވެ ކަމަށް ދިމާވިޔަސް އެކަމަށް ވެސް އެރޭންޖްމަންޓްސް ވާނީ ހެދިފައި،” މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ފާހަގަކުރާ ގޮތުގައި ޓީޗަރުން ހަމަވުމާ އެކީގައި މި އަހަރު ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ޓީޗަރުން ތަމްރީން ކުރުމަށެވެ. އެގޮތުން ހުރިހާ ޓީޗަރުން ޑިޕްލޮމާ ފެންވަރަށް ގެންގޮސް، އެ މީހުން ޑިގްރީ ފެންވަރަށް ގެންދިއުމުގެ އަމަލީ މަސައްކަތް މިދިޔަ އަހަރު ވަނީ ފަށައިފަ އެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެންނެވެ.

7700 ޓީޗަރުންނާއެ 212 ސްކޫލެއްގައި މިއަދު ދިރާސީ އާއައަރު ފަށާއިރު މުޅި ރާއްޖޭގައި 78000 އަށް ވުރެ ގިނަ ކުދިން ސްކޫލްތަކަށް ކިޔަވަން ދާނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top