ނިޔަމި ސެޓްފިކެޓް 2 ގެ ކޯހެއް ދޮންފަނުގައި ފަށައިފި

viber-image44.jpg

ކަނޑު ދަތުރު ފަތުރުގެ ލައިސަންސް ހޯދުމަށް މިހާރު ކޮންމެހެން ބޭނުންވާ ނިޔަމި ސެޓްފިކެޓް ލެވެލް 2 ގެ ކޯހެއް ބ. ދޮންފަނުގައި ފަށައިފިއެވެ.

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އާއި، ދޮންފަނު ކައުންސިލް ގުޅިގެން މިއަދު އެރަށުގައި ފެށި މިކޯހުގައި ޖުމްލަ 30 މީހަކު ބައިވެރިވެފައިވާކަމަށް ދޮންފަނު ކައުންސިލުން ބުނެއެވެ.

އެކައުންސިލްގެ ރައީސް ހަނީފް އިބްރާހީމް އީވީއަށް ވިދާޅުވީ މިއީ ޓްރާންސްޕޯޓްގެ ކަނޑުދަތުރު ފަތުރުގެ ގަވާއިދަށް އައި ބަދަލާ ގުޅިގެން ދޮންފަނުގައި ތިބެގެން ކަނޑު ދަތުރު ފަތުރުގެ ލައިސަންސް ހެއްދުމަށް ބޭނުންވާ އާންމު ރައްޔިތުންނަށް ފަހިކޮށްދިން ފުރުސަތެއްކަމުގައެވެ. އޭނާ ވިދާޅުވީ މި ކޯހަށް ވަރަށްބޮޑު ޑިމާންޑެއް އެބައޮތްކަމަށާ، މީގެ އިތުރު ކޯހެއް މިމަހުގެ ތެރޭގައި އެރަށުގައި ބާއްވަން މަޝްވަރާ ކުރެވެމުން ދާކަމަށެވެ.

“ދޮންފަނަކީ ވަރަށް ގިނަ އޮޑިދޯނިފަހަރު ގެންގުޅޭ ރަށެއް. އަޅުގަނޑުމެން ހުޅުވާލި ފުރުސަތުގައި ފުރަތަމަ ޖާގަމިދެވެނީ 30 މީހުންނަށް. ޑިމާންޑް ބޮޑުވެގެން މެރިޓައިމް އެކަޑަމީއާ ވާހަކަ ދައްކަމުން މިދަނީ މިމަހު އިތުރު ބުރެއް ޖައްސަން”

viber-image

ހަނީފް ވިދާޅުވީ ރަށުގައި ތިބެގެން އާންމު ރައްޔިތުންނަށް މިފަދަ ކޯހެއް ހެދުމަށް މަގުފަހު ވުމަކީ، ލިބުނު ވަރަށް ބޮޑު ނަސީބެއްކަމަށާ، މިފަދަ ކޯހެއް ބ. އަތޮޅުންވެސް ފުރަތަމަ ރަށަކަށް ދޮންފަނުގައި ހިންގޭކަމީ ފަހުރުވެރިވާ ކަމެއް ކަމުގައެވެ.

އޭނާ ވިދާޅުވީ މިރޭ ފެށި ކޯހުގެ ފުރަތަމަ ބުރު އަންގާރަ ދުވަހުގެރޭ ނިމޭނެ ކަމަށާ، ދެވަނަ ބެޗްގެ ކޯސް މިމަހުގެ 15 އިން 17 އަށް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top