އެޗްޑީ ކޮށް ދިވެހި ޗެނަލްތައް ހިލޭ ބަލާލެވޭނެ ޕްރޮޖެކްޓެއް ފަށައިފި

219066-bcfe1df6-f.jpg

ރާއްޖޭގެ އާބާދީގެ 90އިންސައްތަ ސަރަހައްދަށް ހައި ޑެފިނިޝަން ކޮލިޓީގައި ދިވެހި އަށް ޗެނަލް، ބަލައިލެވޭނެ “ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިފްތިތާހް ކޮށްދެއްވައިފި އެވެ.

މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ އިއްޔެ ހަވީރު ޕީއެސްއެމްގެ ޓެލެވިޜަން މޯލްޑިވްސް ބިލްޑިންގގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިއީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މި އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން ކުރިއަށްދާއިރު، މިއީ ރާއްޖޭގައި ޑިޓިޓަލް ޓީވީ ނެޓްވަރކެއް ގާއިމްކުރުމުގެ މަސައްކަތް ކަމަށާއި މި މަޝްރޫއު ނިމޭއިރު ހައި ޑެފިނިޝަން ކޮލިޓީގައި ލޯކަލް 8 ޗެނަލް މުޅިން ހިލޭ ރާއްޖޭގެ އާބާދީގެ 90 އިންސައްތަ ސަރަހައްދަށް ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. މަޝްރޫއު ނިމޭނެކަމަށް ލަފާކުރަނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވޯކަކީ ވަރަށް ގިނަ، ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދޭ ވިއުގައެކެވެ. މީގެ އެންމެ މުހިންމު ކަމަކީ މި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގުދުރަތީ ކާރިސާއެއް ދިމާވާ ހާލަތެއްގައި ދުރާލާ އިންޒާރުދޭ ނިޒާމެއް ގާއިމްކުރެވިފައިވާކަމެވެ.

މި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top