ބ.އަތޮޅުގައި މޫދުކުޅިވަރު ފެސްޓިވަލް އެއް

soneva-fushi-anniversary-17.jpg

ސޮނެވާފުށިން ހިންގި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ ؛ ސޮނޭވާ

ބ.އަތޮޅުގައި މޫދު ކުޅިވަރު ފެސްޓިވަލެއް ބާއްވާގޮތަށް ހަމަޖެހިއްޖެކަމުގައި ސޮނޭވާފުށި ރިސޯޓުން ބުނެފިއެވެ.

އެރިސޯޓުގެ ފަރާތުން ބާއްވާ މި ފެސްޓިވަލް އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. މި ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު  ބ.އަތޮޅު ސްކޫލްތަކުގެ ގްރޭޑް8 އާއި 7ގެ ދަރިވަރުންނަށް ހުޅުވާލާފައި ވާއިރު ފެސްޓިވަލުގައި ކެނޯ ކުރުމާއި ޕެޑަލް ބޯޑިން އާއި ސެއިލިން ހިމެނޭނެ ކަމަށް ރިސޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ސޮނެވާއިން ބުނީ މިއީ އެ ރިސޯޓުން ހިންގާ ފަތަން ދަސްކޮށްދޭ ޕްރޮގްރާމުގެ ބައެއް ކަމަށާ ފެސްޓިވަލް ނިންމާލާނީ އެ ދުވަހުގެ ހުރިހާ ކުޅިވަރުތައް ހިމެނޭ ގޮތަށް އޮންނަ ރިލޭ ރޭހަކުން ކަމުގައެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒާއި ގުޅިގެން ސޮނޭވާއިން ހިންގާ މި ޕްރޮގްރާމްގައި ބައިވެރިވާކުދިން ސޮނެވާފުއްޓަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެދުނު 7.50 ގައެވެ. އޭދަފުށްޓަށް އެނބުރި އައުން ހަމަޖެހިފައިވަނީ މެންދުރުފަހު 1.15 ގައެވެ.

މި ފެސްޓިވަލުގައި ރާއްޖޭގެ އެންމެ ޒުވާން ކައިޓް ސާފް ކުރާ ހަސަން މާހިރު (ހާންޓެ)ގެ ހުނަރު ދައްކާލުން ވެސް އޮންނާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top