ތުޅާދުއާއެކު އަޅާ ހަތަރުރަށެއްގެ އެއާޕޯޓުގެ ބިން ހިއްކަން ތިން ބީލަމެއް

b_hQoQwcFxxZLaROLuZA9xn8KEb.jpg

ބ. ތުޅާދޫ --

ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ބ. ތުޅާދޫ އެއާޕޯޓާއި އެކު، ށ، ބިލެތްފަހި، ތ. ވިލުފުށި އަދި ހދ. މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ތިން ބީލަމެއް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ ހަތަރު ރަށުގެ އެއާޕޯޓުގެ ބިން ހިއްކަން ތިން ބީލަމެއް މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. ބީލަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެ މިނިސްޓްރީން ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ތުޅާދޫގައި އަޅާ އެއާޕޯޓަށް ޚަރަދުވާނެ ކަމަށް ސަރުކާރުން ބުނަނީ 21,900,000 ރުފިޔާ އެވެ.

ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ހޯދައިގެން ހަ ރަށެއްގައި އެއާޕޯޓް އަޅަން ނިންމާ ޝައުގުވެރިވާ ފަރާތްތަކެއް ހޯދުމަށް ސަރުކާރުން އެންމެ ފުރަތަމަ ހުޅުވާލީ 2021 ވަނަ އަހަރު އެެވެ. މީގެތެރޭގައި ހިމެނޭ ފ. މަގޫދޫގެ މަސައްކަތް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ދެން ހިމެނޭ ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅަން ނިންމާފައިވާ އެއާޕޯޓެކެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް ސަރުކާރުން އަދި ނުނިންމަ އެވެ.

އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގައާއި ފައިނޭންސްކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ތިން މިލިއަން ޑޮލަރެވެ. އަދި އެއިން ކޮންމެ އެއާޕޯޓެއްގެ ބަދަލުގައި ރިސޯޓު ތަރައްގީކުރުމަށް ރަށްތައް އެ ކުންފުންނިތަކަށް ދޫކުރާނެއެވެ. އެ ކުންފުނިތަކަށް ދޫކުރަން ހަމަޖެހިފައިވާ ރަށްތަކުގެ މައުލޫމާތު އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top