އޭދަފުށީ ކުނިގޮނޑު ނަގައި ސާފުކޮށްފި

FlnapDJaEAEDR7G-1.jpg

އޭދަފުށީ ކުނިގޮނޑު-- ފޮޓޯ: ވެމްކޯ

އޭދަފުށީގެ ޒަމާންވީ ކުނިގޮނޑު އަހަރުތަކެއްގެ ފަހުން ނަގައި ސާފުކޮށްފި އެވެ.

މި މަސައްކަތް ކުރީ ވެމްކޯ އިންނެވެ.

ވެމްކޯ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭދަފުށީ ކައުންސިލުގެ އެދުމުގެ މަތިން އޭދަފުށީގެ ކުނި ގޮނޑުން 1200 ޓަނު ކުނި ނަގައި އެތަން ސާފުކޮށްފައިވާ ކަމަށާއި މި މަސައްކަތް ނިންމަން ހަތް ދުވަސް ހޭދަވި ކަމަށެވެ.

ރަށްރަށުގެ ކައުންސިލުގެ އެދުމަށް އެރަށްރަށުގެ ކުނިގޮނޑުތައް މީގެކުރިންވެސް ސާފުކޮށްދީފައި ވެއެވެ.

އޭދަފުށީ ކުނި ގޮނޑު ސާފުކޮށްފައި—ފޮޓޯ: ވެމްކޯ

ދެހާސް އެކާވީސް ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާގެ ރިޔާސީ ބަޔާނުގައި، ކުނީގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top