ސިޒޭރިއަން ހަދައިގެން ގޮރިއްލާއެއް ވިއްސައިފި

ސިޒޭރިއަން ހަދައިގްން ވިއްސި ގޮރިއްލާ

ސިޒޭރިއަން ހަދައިގްން ވިއްސި ގޮރިއްލާ

އެމެރިކާގެ ސެން ޑިއޭގޯގެ ޒުލުގައި އުޅޭ ގޮރިއްލާއެއް ވިހެއުމުގައި ދަތިތަކެއް ހުރުމުން، ސިޒޭރިއަން ހަދައިގެން ވިއްސައި، އޭގެ ދަރީގެ އޮޕަރޭޝަނެއް ހަދައިފި އެވެ.

އީމާނީ ނަމަކަށް ކިޔާ މި އަންހެން ގޮރިއްލާ އަކީ ކުރިން ވިހާފައިވާ އެއްޗެއް ނޫނެވެ. ނަމަވެސް ވިހަން އުޅުމުގެ ތެރޭގައި ދަތިތަކާ ކުރިމަތި ލައިގެން އުޅުމުން، ޒުލުން އިސް ނަގައިގެން އީމާނީގެ ސިޒޭރިއަން ހަދައިދީގެން ވިއްސީ ކަމށް އެ ޒުލުގެ ޑޮކްޓަރުން ބުންޏެވެ.

2 ކިލޯގްރާމް ހުރި ކުޑަ އަންހެން ގޮރިއްލާއެއް އީމާނީ ވިހާފައިވާ އިރު، އޭގެ ނޭވާ ލުމުގެ ނިޒާމުގައި މައްސަލަތަކެއް އުޅުނު ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ. އަދި އެހެން ކަމުން، އެ ތުއްތު ގޮރިއްލާ ފުއްޕާމޭގެ އެއް ފަޅި ވަނީ އޮފަރޭޝަންކޮށް ރަނގަޅަށް މަސައްކަތް ކުރާ ގޮތް ހަދާފަ އެވެ.

އިންސާނުންގެ އޮޕަރޭޝަން ކޮށް އުޅޭ ދެ ޑޮކްޓަރުން ބޭނުން ކޮށްގެން ތުއްތު ގޮރިއްލާގެ އޮޕަރޭޝަން ކާމިޔާބު ކަމާއި އެކު ނިންމާލެވިފައިވާ އިރު، އެ ޑޮކްޓަރުން ބުނީ އެ މައްސަލަ ދިމާވި ކަމަށް ލަފާ ކުރެވެނީ ވިއްސުމުގެ ތެރޭގައި ކަމަށެވެ.

“މި ޕޭޝަންޓަކީ އިންސާނުންނާ ވަރަށް ތަފާތު ޕޭޝަންޓެއް. މި ޕޭޝަންޓް އިންސާނުންގެ ތުއްތު ކުދިންނާ ޚިލާފަށް ހަތަރެސްފައިން ތަކެތީގައި ހިފޭ.” ޑރ ޑޯން ރީވްސް ބުންޏެވެ.

ޑޮކްޓަރުން ބުނީ، އީމާނީއާއި އޭގެ ތުއްތު ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށާއި، މިހާރު އަންނަނީ އިތުރަށް ރަނގަޅު ވަމުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top