މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ހެޔޮކޮށްފި

45411334_10156181844518075_2424679269620776960_n.jpg

މިފްކޯއިން މަސްވެރިންނަށް ވިއްކަމުން އައި ޑީސަލްގެ އަގު ހެޔޮ ކޮށްފިއެވެ.

މިފްކޯ އިން މިއަދު ހާމަ ކުރިގޮތުގައި އެ ކުންފުނީގެ މަސްގަންނަ ސެންޓަރުތަކާއި ބޯޓު ފަހަރުތަކުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

މި ބަދަލާ އެކު މިހާރު މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް 7.33ރ. އަށް ލިބޭނެއެވެ. ކުރިން މަސް ދޯނިފަހަރަށް ޑީސަލް ލިޓަރެއް ވިއްކަމުން އައީ 8.65ރ. އަށެވެ.

ބާޒާރުގައި ޑީސަލް ލީޓަރެއްގެ އަގު ހުރީ 8.71 ރުފިޔާ އަށެވެ.

މިފްކޯއިން މަސްވެރިންނަށް ފޯރުކޮށްދެމުން އަންނަ ޑީސެލްގެ އަގު ހެޔޮ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވަނީ ވިދާޅުވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top