ސިޔާސީ ކަންމަތި: ގިނަބަޔަކު ވޯޓް ދޭން ބުނޭ. އެކަމަކު ފޮށީގަ ވޯޓު ނޯންނަނީ – ނާސިރު

43666893_103861920599498_8055925073111941120_n.jpg

އަހްމަދު ނާސިރު

އެއީ އޭދަފުށީ ކައުންސިލަށް ވޭތުވެ ދިޔަ ދެ ދައުރު، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައިގެން ނާކާމިޔާބާ ކުރިމަތލާން ޖެހުނު އޭދަފުށީ ސިއްދަތުރަ، އަހުމަދު ނާސިރުގެ ތަޖްރިބާއެވެ. އޭނާގެ ނާކާމިޔާބު ގެ ވާހަކަ އެއް ޖުމްލައިން އަމުނާލަ ދިން ގޮތެވެ.

ނާކާމިޔާބަކީ ދިރިއުޅުމުގައި އާއްމުކޮށް ކޮންމެމީހަކަށްވެސް މެދުވެރިކުރުވާ އިމްތިހާނެކެވެ. އެއީ މައްސަލައެއް ނޫނެވެ. ހިތްވަރުގަދަ މީހުންގެ ގޮތަކީ ވެއްޓުނީމާ ތެދުވުމެވެ. އެއީ ނާސިރުގެވެސް އުސޫލެވެ. ކައުންސިލް އިންތިޚާބަށް ކުރިމަތި ލީ އެހެންވެގެންނެވެ. އެކަމަކު ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދިނުމަކީ ކައުންސިލަށް އައުމުގެ ވިސްނުން އުފެދުނު ގޮތެވެ.

އީވީގެ ސިޔާސީ ކަންމަތިން މިފަހަރު ބައްދަލު ކޮށްލީ އޭދަފުށީ ކައުންސިލަށް ކުރިމަތިލެއްވުމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އަހުމަދު ނާސިރުއާއެވެ. އޭނާއަކީ އޭދަފުށީ ރައްޔިތުންނަށް އާ މޫނެއް ނޫނެވެ. ކޮންމެ އުމުރު ފުރައަކަށްވެސް ހެޔޮވަރު އެންމެންނާވެސް ރަނގަޅު ގުޅުމެއް ބާއްވަން ބޭނުންވާ ފަރާތެއްކަން އޭނާގެ ދިރިއުޅުން ކިޔައިދެއެވެ. ކައުންސިލް އިންތިޚާބަށް ކުރިމަތީ ކީއްވެގެންކަމާއި ނާސިރުއާ ބެހޭ ގޮތުން ކޮންމެހެން އެނގެން ބޭނުންވާނެ ކަމަށް އޭނާ ގަބޫލު ކުރާ ކަންތައްތަކެއް އެބަހުއްޓެވެ. އެވާހަކަތައް އީވީ އަށް ކިޔައިދިން ގޮތަކީ މިއީއެވެ.

މީގެ ކުރިން ދެފަހަރެއްގެ މަތިން ކައުންސިލަށް ވާދަކުރައްވައިގެން ނާސިރު ބަލިވެފައިވާ އިރު މިފަހަރު  ތަފާތެއް ފެނިދާނެތޯ؟ ވާހަކަ އަކީ ނާސިރަށް ވޯޓު ދޭން ޖެހޭ ތަފާތު ސަބަބެއް އެބައޮތްތޯ؟ 

އެންމެ ބޮޑު ތަފާތަކީ ފެށުނީއްސުރެ އެއް ގޮތެއްގައި ސާބިތު ކަންމަތީ ހުރުން. އަނެއް ތަފާތަކީ ޕާޓިއަށް ލޯޔަލް މީހަކަށް ވުން. އަހުމަދު ޕާޓީއަށް ވަނީ ޓިކެޓް ދޭނެ ކަމަކަށް ނޫން. މިއީ ނާސިރާ އެހެން މީހުންގެ ތަފާތަކީ.

ފާއިތުވެދިޔަ ކައުންސިލް އިންތިހާބު ތަކަށް ބަލާއިރު ކައުންސިލް މެންބަރު ކަމަށް ހޮވުމުގެ ޗާންސް އެމްޑީޕީ މެންބަރުންނަށް އެބައޮތް ކަމަށްގަބޫލު ކުރެވޭ. މާނައަކީ ފުރަތަމަ ކައުންސިލަށްފަހު ދެން ހޮވި ދެކައުންސިލްގަވެސް އެމްޑީޕީ ކައުންސިލަރަކު އިންތިހާބުވެފައިވުން. މިފަހަރު ކައުންސިލަށް ނާސިރު ކުރިމަތި ލީއިރު އެމްޑީޕީގެ ތެރެއިން ކައުންސިލަށް ހޮވުމުގެ ޗާންސް ކިހާ ވަރަކަށް އެބައޮތް ކަމަށް ގަބޫލު ކުރަންތޯ؟ 

ވަކި މިހާރަކު ނޫން. އަބަދުވެސް އެޗާންސް އޮންނާނެ ކަމަށް ބަލަނީ. އެވާހަކަ ތަކުރާރު ކޮށް މިބުނަނީ.  ދެން ރައްޔިތުން ވޯޓު ދީގެން ހޮވަން ވެއްޖެނަމަ ހޮވަންވީ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައްޔިތުން އަޅުގަނޑު ހޮވަން ޖެހޭ. އެއީ އަޅުގަނޑަކީ އިޖްތިމާއީ މީހެއްވީމާ.

އަހްމަދު ނާސިރު ކުޅިވަރު ހަރާކާތެއްގައި / ފޮޓޯ: ފޭސްބުކް

ޕީޕީއެމް މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުންގެ ތެރޭގައިވެސް އެމްޑީޕީ ކެންޑިޑޭޓަށް ސަޕޯޓު ކުރާ ތިބޭނެތާ! ކިހިނެއް މީހުންގެ ޚިޔާލު ތައް ހުރީ! ނާސިރަށް ފުރުސަތު ދޭ ގޮތަށް ތޯ؟ ފުރުސަތު ލިބުމުގެ ޗާންސް ބޮޑު ކަމަށް ގަބޫލު ކުރެވޭތޯ؟ 

ޕީޕީއެމް މެންބަރުންވެސް އެމްޑީޕީ މެންބަރުންވެސް ގަބޫލު ކުރޭ ނާސިރަކީ ކައުންސިލުގައި ހުންނަން ޖެހޭނެ މީހެއްކަމަށް. އެއީ އަޅުގަނޑަކީ ކަންކަން ކުރަން އުޅޭ އަދި ކުރާނެ މީހެއް. އެކަމަކު އެންމެ ފަހު ވަގުތު ކަންތައް ވެގެން ދަނީ އެހެންނެއް ނޫން. ފޮށީގާ ވޯޓު ނޯންނަނީ. ވޯޓު ދޭން ބުނޭ. އެކަމަކު ފޮށީގަ ވޯޓު ނޯންނަނީ. މާނައަކީ އަޅުގަނޑަކީ އެމީހުން ދައްކާ ވާހަކައިގެ ހެއްކެއް ޥޯޓަކުން ނުލިބޭ.

ޕްރައިމަރީގެ ކުރިން އެމްޑީޕީ މެންބަރުންނަށް ދޭން ބޭނުންވާ މެސެޖަކީ؟ 

ކުރިންވެސް ބުނިހެން އަޅުގަނޑަކީ ޓިކެޓް ހޯދަން ޕާޓީއަށް ވަން މީހެއް ނޫނޭ. ވަރަށް ކުރުކޮށް ވަރަށް ސާފުކޮށް މިބުނީ. ހޮވުނަސް ނުހޮވުނަސް އަޅުގަނޑު ބަދަލެއް ނުވާނެ.

 

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު