ރެޑްވޭވް ރޯދަސޭލް ފަށައިފި

big_cLEKkMw332RB5bz.jpg

"ރެޑްވޭވް " ގެ ފިހާރައެއްގައި އާއްމުންގެ ބަޔަކު ވިޔަފާރި ކުރަނީ

ފައިސާގެ އިނާމާއި އަގުހުރި ބޮޑެތި އިނާމްތަކަކާ އެކު މި އަހަރުގެ ރޯދަމަހަށް އަމާޒުކޮށް ރެޑްވޭވްގެ ރޯދަ ސޭލް މިއަދު ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމުގެ މަސްލަހަތު އޮންނަ ރެޑްވޭވް ކުންފުނިން ބުނީ މި ޕްރޮމޯޝަން މިއަދުން ފެށިގެން ރޯދައިގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި މިފަހަރުގެ ސޭލް މިދިޔަ އަހަރަށްވުރެ ބޮޑުވެފައި ފުރިހަމަވާނެ ކަމަށެވެ.  އެގޮތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 100،000ރ ގެ ފައިސާގެ އިނާމް ލިބިގެންދާއިރު އިތުރު 5 ނަސީބުވެރި ފަރާތަކަށް 10،000ރ ގެ ފައިސާގެ އިނާމް ލިބިގެންދާނެއެވެ.

ސޭލްގައި ލިބޭ އިނާމްތައް

  • އެއްވަނަ އަށް: 100،000 ރުފިޔާގެ ފައިސާގެ އިނާމު
  • އިތުރު ފަސް ނަސީބުވެރިން: ކޮންމެ މީހަކަށް 10،000 ރުފިޔާ
  • ގުރުއަތުން ހޮވޭ އެއް ފަރާތަކަށް 75 އިންޗީގެ ޓީވީއެއް
  • ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް 55 އިންޗީގެ ޓީވީ
  • ގުރުއަތުން ހޮވޭ 10 ފަރާތަކަށް 49 އިންޗީ ޓީވީ

މީގެ އިތުރުން ކަނޑައެޅިފައިވާ އައިޓަމް ތަކަކުން ބޮޑެތި ޑިސްކައުންޓް ލިބި، ޕްރޮމޯޝަންގެ ތެރެއިން ވަރަށް ގިނަ ޕްރޮޑަކްޓް ތަކެއްވެސް ތައާރަފްކުރެވިގެންދާނެއެވެ. މިގޮތަށް ތައާރަފްކުރެވޭ ތަކެއްޗަކީ ރޯދައާއި ގުޅޭ އަގުހެޔޮ އަދި ކަސްޓަމަރުން ގަޔާވާނެ އައިޓަމްސް ތަކެއްކަމުގައި ރެޑްވޭވްއިންބުނެ އެވެ.

ރެޑްވޭވް އަކީ އަގުހެޔޮކޮށް ތަފާތު ގިނަ ބާވަތްތަކުގެ މުދާ ވިއްކުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top