ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ރާއްޖޭގައި ފަރުވާދެމުންދިޔަ ދެ މީހކު ބަލިން ރަނގަޅުވެއްޖެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭއިން މިރޭ ބުނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ވައިރަހަށް ފަރުވާ ދެމުންދިޔަ ދެ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން ބަލީގެ އަލާމާތްތައް ފިލުމުން ދެ ފަހަރު ކޯވިޑް-19 އަށް ޓެސްޓުކޮށް، ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.
ބަލިން ރަނގަޅުވިޔަސް އިތުރު14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަންޖެހޭނެ އެވެ. އެއްކޮށް ދޫކޮށްލާނީ އޭގެ ފަހުން ކޯވިޑް-19 އަށް ދެ ފަހަރު ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެވެ.
ކޯވިޑް-19 އަށް ޕޮސިޓިވްވި ދިވެހިންގެ ތެރެއިން މިހާތަނަށް ތިން މީހަކު ވަނީ ރަނގަޅުވެފައެވެ. މިހާރު ފަރުވާދެމުން ދަނީ އިނގިރޭސިވިލާތުން އައިފަހުން ބައްޔަށް ޕޮސިޓީވްވި މީހަކާއި ފިލިޕިންސްއިން އައި ފަހުން ޕޮސިޓިވްވި މީހާއަށެވެ.