މިދުވަސްކޮޅު ލޯންޗް ދަތުރުތަކަށް ވަރަށް ޑިމާންޑް ބޮޑު – ސޭލަމް، އެޓޯލްކިއުޓް

DSCN3354.jpg

އޭދަފުއްޓާ މާލެއާ ދެމެދު ސްފީޑް ލާންޗްގެ ފެރީ ހިދްމަތަށް މިދުވަސްކޮޅު ބާރުބޮޑުވެ ޑިމާންޑް ވަރަށް މައްޗަށް ގޮސްފައިވާކަމަށް ސޭލަމް ސްފީޑް ލާންޗާއި، އެޓޯލް ކިއުޓް ސްފީޑް ލާންޗުން ބުނެފިއެވެ.

ސޭލަމް ސްފީޑް ލޯންޗްގެ އޭދަފުށީ އެޖެންޓް މުހައްމަދު ލަތީފް (މޮހޮނަ) ބުނީ އެއްލޯންޗަށް ކެއްނުވެގެން ދެލޯންޗުވެސް ބައެއް ދުވަހު ބާއްވަމުންދާ ކަމަށާ، އާދަޔާ ހިލާފު ސަޕޯޓެއް މިދުވަސްކޮޅު ލިބެމުންދާކަމަށެވެ.

“ފުލްވެފަ. ފުލްވެފަ. ހަމައެއްޓިކެޓްވެސް ދެވޭކަށް ނެތް ޖަނަވަރީ 2 ގެ ކުރިއަކުން. ހޮނިހިރުދުވަހުވެސް ކެއްނުވެގެން 2 ލޯންޗް ބާއްވަންޖެހުނު. އެއީ ޖުމްލަ 80 މީހުންގެ. ހިޔެއްނުވޭ ސްކޫލް ނުހުޅުވެނީސް މައިތިވާނެހެނެއް” ހިނިގަނޑެއްޖަހާލާފައި މޮހޮނަ ބުންޏެވެ.

އެޓޯލް ކިއުޓް ލާންޗްގެ މާލޭ އެޖެންޓް އަހްމަދު ޝިފާއު (ސަންޖޫ) ވެސް ބުނީ މިދުވަސްވަރަކީ އާދަޔާ ހިލާފަށް ބާރުބޮޑު ދުވަސްވަރެއް ކަމަށާ، ލޯންޗްތައް މާކުރިއަށް ފުލްވާކަމަށެވެ.

“ކޮންމެ އަހަރަކުވެސް މިމޫސުމަށް ބާރުބޮޑުވޭ. އެކަމަކު ލޯންޗްތައް ބޮޑެތި ވީމަވެސް ކެއްނުވެގެން މިދަނީ. 2 ލޯންޗް ބާއްވަން އެބަ ބައެއް ދުވަސްދުވަހު ބާރުބޮޑުވެގެން”

އޭދަފުއްޓާ މާލެއާދެމެދު އެޓޯލް ކިއުޓް އަދި ސޭލަމް ސްޕީޑުން ލޯންޗް ދަތުރުތައް ބާއްވަނީ ހަފްތާގެ ހޮނިހިރު، ހޯމަ އަދި ބުރާސްފަތި ދުވަހުއެވެ. މިރަށްރަށުގެ އިތުރުން ހަފްތާގެ ހަމަ މިދުވަސްތަކުގައި އަމިއްލަ ބަޔަކު ބ. ގޮއިދުއާއި، ހިތާދޫ އަދި ތުޅާދުއަށްވެސް ލޯންޗް ފެރީގެ ހިދްމަތް ދެމުންގެންދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top