އުރީދޫން އަނެއްކާވެސް އާ ވައިބަރ ސްޓިކާ ސެޓެއް

media-bOymTgGdoKuT3pZ_lg.jpg

އުރީދޫ އިން އަލަށްނެރުނު ވައިބާ ސްޓިކާ ސެޓް

ރާއްޖޭގައި މުވާސަލާތުގެ ޚިދުމަތް ދެމުން އަންނަ  އެންމެ ބިޔަ ދެ ކުންފުނީގެ ތެރޭގައި ހިމެނޭ އުރީދޫ މޯލްޑިވްސް އިން އާ ވައިބާ ސްޓިކާ ޕެކެއް ތައާރަފް ކޮށްފިއެވެ.

“އޮލަވާހަކަ “ނަމުގައި ނެރުނު މި ސްޓިކާޕެކް އިތުރު އަގަކާ ނުލާ ވައިބާ ސްޓިކާ މާކެޓުން ޑައުންލޯޑް ކުރެވެެއެވެ.

އުރީދޫން ރޭ ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ ސްޓިކާ ޕެކް ޑިޒައިން ކޮށްފައިވާނީ ރަހްމަތްތެރިންނާއި އާއިލާ މީހުންނާ ދެމެދު ކުރެވޭ މުއާމަލާތް ތައް އިތުރަށް ފުރިހަމަ ވާނެގޮތަށް ބަލައިގެން ކަމުގައެވެ.

“އެންމެ އިހުއްސުރެ ދިވެހިންނަކީ ‘އޮލަ ވާހަކަ’ތަކަށް ވަރަށް ފޯރި ހުންނަ ބައެއް. ހޮޅުއަށިތަކުގަ އާއި ޖޯލިފަތި ތަކުގަ އާއި އުނދޯލިތަކުގައި އަދި މިހާރު ކޮފީ މޭޒުތަކުގައި ވެސް މިކަން ކުރިއަށް ދޭ. މި ހުރިހާ ‘އޮލަ ވާހަކަ’އެއް، ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރައްވާ ބޭފުޅުންގެ ފޯނުތަކަށް ވައިބާ މެދުވެރިކޮށް އިތުރަށް ފުރިހަމަ ކޮށްދިނުމަށް އުރީދޫން މިއަދު މި ތައާރަފް ކުރާ ސްޓިކާ ސެޓް އެހީތެރިވެދޭނެ،” އެ ކުންފުނީގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒު ވިދާޅުވި އެވެ.

މީގެ ކުރިންވެސް އުރީދުން ވަނީ މިކަހަލަ މަޖާ ސްޓިކާ ޕެކެއް ނެރެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top