ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލް ދަރަމެންދްރާ (ދަރޭ )ގެ ހާލު ރަނގަޅުކަމަށް އޭނާގެ ހަނގު އަނބި ހެމާމާލިނީ ބުނެފިއެވެ.
އުމުރުން 81 އަހަރުގެ ދަރޭ މިދިޔަ އަންގާރަ ދުވަހު ނާންވަތީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ ކާނާ ވިހަވެގެން މާބޮޑަށް ބަނޑަށް ތަދުވާތީއެވެ.
ޓްވިޓާ މެދުވެރިކޮށް ހެމާ ބުނެފައިވަނީ ވަރަށް ގިނަ ބަޔަކު ދަރަމްޖީ ހޮސްޕިޓަލްގައި އެޑްމިޓްކުރުމުން ކަންބޮޑުުވުން ފާޅުކޮށްފައިވާ ކަމަށާއި ނަމަވެސް މިހާރު ހާލު ރަނގަޅުކަމުގައެވެ. އަދި ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެއެވެ.
ދަރޭގެ ދޮށީ ދަރިފުޅު އަދި އެކްޓަރ ސަނީ ޑިއޯލްވެސް ވެސް ވަނީ ބައްޕަގެ ބައްޔާބެހޭގޮތުން ޓްވިޓާގައި ވާހަކަ ދައްކާފައެވެ. ސަނީ ބުނެފައިވަނީ ކާނާ ވިހަވެގެން އެޑްމިޓް ކޮށްފައިވާ އޭނާގެ ބައްޕަގެ ހާލު މިހާރު ރަނގަޅުކަމުގައެވެ.
“ބައްޕަގެ ބަލި ހާލުގެ ސަބަބުން ކަންބޮޑުވުން ފާޅު ކުރި އެންމެންނަށް ޝުކުރު އަދާކުރަން. ކާނާ ވިހަވެގެން ބައްޕަ އެޑްމިޓްކުރި ކަމުގައި ވިޔަސް ހާލު މިހާރު ރަނގަޅު. ނުބައި ގޮތަކަށް ނުވިސްނެވުން އެދެން .”ސަނީގެ ޓްވީޓްގައި ވެއެވެ.