އަންނަ ރޯދަމަހު ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް

000_33KZ7R8-43.webp

ރައީސް ޑރ. މުހައްމަދު މުއިއްޒު

އަންނައޮތް ރޯދަ މަހު ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ ރޯދަ މަހު ރާއްޖޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދިނީ ކާޑުގެ ބާވަތްތައް ކަމަށާއި، އެގޮތުން ކުރިއަށް އޮތް ރޯދަ މަހު ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް ހިލޭ މަސް ދަޅު ކޭހެއް ދިނުމަށް އެސްޓީއޯ އަށް އަންގަވާފައިވާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ.

”ކުރިއަށް އޮތް ރަމަޟާން މަހަށް އަޅުގަނޑުމެން ގަސްދުކުރަނީ، އެސްޓީއޯގެ އެމްޑީ އަށް އަޅުގަނޑު ދަންނަވައިފިން ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ހިލޭ ދޭން،“ ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ މިދިޔަ ރޯދަމަހު ސަރުކާރުން ކަރަންޓް ބިލުން ޑިސްކައުންޓްވެސް ދީފައިވާ ކަމަށާއި އެގޮތުން ކަރަންޓް ބިލުން މިދިޔަ ރޯދަމަހު 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މިދިޔަ ރޯދަ މަހު 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑު ދޫކޮށްފައިވާނެކަމަށްވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top