އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނީ ދަރަވަންދުއަށް

IMG_20200724_134047986.jpg

މޫސުން ގޯސް ދުވަހެއް

އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނީ ބ. ދަރަވަންދުއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މައުލޫމާތު ހާމަކޮށްފި އެވެ.

މެޓުން ހާމަކުރިގޮތުގައި އިއްޔެ ހެނދުނު އަށަކުން އިން މިއަދު ހެނދުނު އަށަކާއި ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ވާރޭވެހިފައިވާ މިންވަރަށް ބަލާއިރު އެންމެ ބޯކޮށް ވާރޭ ވެހުހިފައިވަނީ ދަރަވަންދުއަށެވެ. އެގޮތުން ދަރަވަންދޫއަށް 114.5 މިލިމީޓަރުގެ ވާރޭވެހުނެވެ.

ދެވަނަ އެންމެ ބޯކޮށް ވާރޭވެހުން ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ވ. ރަކީދޫއަށެވެ. އެ ރަށަށް 98.8 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. ތިން ވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނީ އދ. މާމިގިއްޔަށެވެ. އެ ރަށަށް 63.5 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް މެޓްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހުވެސް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އިން ލަފާކުރެ އެވެ.

މެޓް އިން އިއްޔެ ވިދާޅުވި ގޮތުގައި ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް މި ސަރަހައްދުގައި އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަންއަކާއި ގުޅިގެން ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި 24 ގަޑިއިރު ތެރޭ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަަށްރަށަށް ބޯކޮށް ވާރޭ ވެހިފައިވެއެވެ..

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top