މިސްކިތް ބިނާކުރަން ބޭނުންވާ މީހުންނަށް ފުރުސަތު

big_qGAj70Pe3ObTQq0zo1FZWOEB3_shaheem-2.jpg

ވިޔަފާރިވެރިންގެ ތެރެއިން މިސްކިތް ބިނާކުރަން ޝައުގުވެރިވާ މީހުންނަށް މިހާރު އެ ފުރުސަތު ހުޅުވާލާފައި ވާކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވިދާޅުވީ، ވިޔަފާރިވެރިންގެ ތެރެއިން އެކަކު، ނުވަތަ ގިނަ ބަޔަކު ވެގެންވެސް މިސްކިތެއް އަޅަންބޭނުންވާ ނަމަ، ބިން ހަމަޖައްސައިދީ، އެ ނޫން އިދާރީ ފަސޭހަތައް ވެސް ހަމަޖައްސައި ދިނުމަށް މިނިސްޓްރީން ނިންމައިފައިވާ ކަމަށެވެ.

އަދި ރަށްރަށާއި، އަތޮޅުތަކުގެ އިތުރުން، ސިޓީތަކުގައިވެސް މިސްކިތް ބިނާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވިޔަފާރިވެރިން ނުވަތަ ތަނަވަސް މީހުންގެ ހަރަދުގައި މިސްކިތްތައް ބިނާ ކުރުމަކީ ޒަމާނުންސުރެއް ރާއްޖޭގައި ކޮށް އުޅޭ ކަމެކެވެ. އެގޮތުން ވިޔަފާރިވެރިން ބިނާކޮށްފައިވާ މިސްކިތްތައް މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ވަރަށް ގިނައެވެ.

މިސްކިތް ހަދަން ވިޔަފާރިވެރިންނަށް ބިން ދޫކުރަން ނިންމަވާފައިވާއިރު، ބ. ދަރަވަންދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރަން މިއަދު ބަޔަކާ ހަވާލުކޮށްފައިވެއެވެ.

އަމިއްލަ ޚަރަދުގައި މިސްކިތްތައް އިމާރާތް ކުރާ މީހުންނަށް ޓެކްސްގެ ލުއިތައް ފަދަ ބައެއް ލުއިތައް ދައުލަތުން ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top