ހޯލްސޭލްކޮށް ވިއްކާ ޕްލާސްޓިކް ކޮތަޅުތަކުގެ ފީ ކަނޑާލައިފި

2d9276e8-9dae-4831-8c9e-b2c5476606e7.jpg

ހޯލްސޭލްކޮށް ވިއްކާ ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ކަނޑައިލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް މި އިސްލާހު ގެނައީ މިދިޔަ ހޯމަ ދުވަހެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވަނީ އެ އިސްލާހު ތަސްދީގުކުރައްވައިފައެވެ.

މި ބިލުގައިވާ ގޮތުން، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓައިލާނެއެވެ. އެހެން ހެދުމުން ހޯލްސޭލް ކުރާއިރު ދެ ރުފިޔާގެ ފީއެއް ދެން ނުނަގާނެއެވެ. ނަމަވެސް އެހެން ހެދުމުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް ބިލުގައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި މި އަހަރުގެ މިހާތަނަށް ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި 2.01 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 5.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top