ތުޅާދޫ އާއި ގޮއިދުއަށް ފަނޑިޔާރުން ހޯދަނީ

big_UusIYCz5C0k7SUPR0ggVmnKdN.jpg

ބ.ތުޅާދުއާއި ގޮއިދޫ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާން ކޮށްފިއެވެ.

މި ދެ މެޖިސްޓރޭޓް ކޯޓުގެ އިތުރުން ވެސް ރާއްޖެތޭރޭގެ 27 ކޯޓަކަށް ފަނޑިޔާރުން ހޯދަން ޖުޑީިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ އިއުލާނު ކޮށްފައެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ތައުލީމީ ފެންވަރުގެ ގޮތުގައި ޖޭއެސްސީ އިން ކަނޑައަޅާފައިވަނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮގުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލް ކޮށްފައިވުމެވެ. ނުވަތަ ފަނޑިޔާރުކަމުގެ މަގާމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.

ފަނޑިޔާރުންގެ އަސާސީ މުސާރަ އަކީ 21،000 ރުފިޔާ އެވެ.

މި ކޯޓުތަކުގެ ފަނޑިޔާރުންނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ ޑިސެންބަރު 31 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top