އޭދަފުށި، ދަރަވަންދޫގެ އަތްދަށުނުވީ ހަމަކިރިޔާ

wEdafuwqTa-daravanqdUge-mecu.jpg

6 ޑިސެމްބަރ. މިއަދު ކުޅެވުނު އޭދަފުށި ދަރަވަންދޫމެޗް

ބ. އަތޮޅު ޗެލެންޖްކަޕް ފުޓްބޯޅަމުބާރާތުގައި މިއަދު ކުޅުނު ދަރަވަންދޫއާއި އޭދަފުށި މެޗުން ފަހުވަގުތު 2-2ން އެއްވަރުވެ އޭދަފުށްޓަށް ދަރަވަންދޫގެ އަތްދަށުނުވެ ސަލާމަތްވެވުނީ ހަމަ ކިރިޔާއެވެ.

މެޗް ފެށިތާ 9 ވަނަ މިނިޓްގައި ފުރަތަމަ ލަނޑުޖެހީ ދަރަވަންދޫގެ ނިޔާޒުއެވެ. ފުރަތަމަ ހާފް ނިމުނީ މި ނަތީޖާއާއެކުގައެވެ. ދެވަނަ ހާފް ފެށިގެން ކުރިއަށް ދިޔަ އިރު ދެޓީމްގެވެސް ކުޅުންވެސް ފެނިގެންދިޔައީ ދާދި އެއްވަރެއްގައެވެ. އެހެންނަމަވެސް މެޗްގެ 52ވަނަ މިނިޓްގައި އޭދަފުށީގެ ސައްޓު ލަނޑެއްޖަހައި މެޗް އެއްވަރުކޮށްދިނެވެ. މިނަތީޖާއާއެކު މެޗް ނިމެމުން ދަނިކޮށް ފަހުވަގުތު އަނެއްކާވެސް ލަނޑެއް ޖަހައި ދަރަވަންދޫ ލީޑް ހޯދިއެވެ. ދަރަވަންދޫގެ މި ލަނޑާއެކު އޭދަފުށީ ކުޅުންތެރިން ދަރަވަންދޫގެ އަތްދަށުން ސަލާމަތްކޮށްދިނީ މެޗުގެ އިތުރުވަގުތުުގައި ސައްޓުޖެހި ދެވަނަލަނޑުންނެވެ.

މިއަދު ދެން ކުޅެވުނީ ކުޑަރިކިލާ ފެހެންދޫގެ މެޗެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި އެއްވެސް ކޮޅަކަށް ލަނޑެއްދެވިފައެއް ނުވެއެވެ. ދެވަނަ ހާފުގައި މެޗުގެ 60ވަނަ މިނިޓްގައި މިއަދުގެ ފުރަތަމަ ލަނޑު ފެހެންދޫގެ އަހްމަދު ނިޒާމު އެޓީމަށް ކާމިޔާބު ކޮށްދިނުމާއެކު މެޗުގެ ކުޅުން އަވަސްވެގެންދިޔަކަން ފާހަގަ ކުރެވުނެވެ. ނަތީޖާއަކަށްވީ އޭގެ 4 މިނިޓްފަހުން ކުޑަރިކިލުވެސް ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކުރުމެވެ. FEHENDHOO

މިއަދުގެ މެޗުން ފެހެންދޫ މޮޅުވީ އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 76ވަނަ މިނިޓްގައި އަހްމަދު ޝާން ޓީމަށް ހޯދައި ދީގެންނެވެ. މިމެޗްގެ ނަތީޖާއަކީ 2-1 ން ފެހެންދޫ މޮޅުވުމެވެ.

މި މުބާރާތުގައި މާދަމާ ވެސް ދެމެޗު ކުޅޭނެއެވެ. މެންދުރު 1:30ގައި ފެށޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ކިހާދޫއާއި ފުޅަދޫއެވެ. ހަވީރު 3:50 ގައި ފަށާ ދެވަނަ މެޗުގައި ބައްދަލު ކުރާނީ މާޅޮހާއި ގޮއިދޫއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top