މާޅޮސް ،މުބާރާތުންކަޓައި ގޮއިދޫ ސެމީގައި ހަމަޖެހިލައިފި

7 ޑިސެމްބަރ. ގޮއިދޫ -މާޅޮސް ބައްދަލުކުރި މެޗް. ފޮޓޯ: އީޓީ

7 ޑިސެމްބަރ. ގޮއިދޫ -މާޅޮސް ބައްދަލުކުރި މެޗް. ފޮޓޯ: އީޓީ

އޭދަފުށީގައި މިހާރު ކުޅެވެމުންދާ ބ.އަތޮޅު ފުޓްބޯލަ ޗެލެންޖް ގެ މިއަދުގެ މެޗްތައް ނިމުނުއިރު މި މުބާރާތުން މާޅޮސް ކަޓައި ގޮއިދޫ ކުޅެން އިތުރު މެޗެއް އޮއްވައި ސެމީގައި ހަމަޖެހިލައިފިއެވެ.

މިއަދު ކުޅެވުނު ފުރަތަމަ މެޗްގައި ބައްދަލު ކުރި ކިހާދޫއާއި ފުޅަދޫގެ މެޗް ނިމުނީ 1-1 އިން ދެޓީމް އެއްވަރުވެގެންނެވެ.

ހަވީރު ކުޅުނު މެޗްގައި ގޮއިދޫއާ ދެކޮޅަށް ނުކުތީ މާޅޮހެވެ. މި މެޗު 2-1ން ގޮއިދޫ ކާމިޔާބުކުރުމުން އެޓީމު މިހާރު ސެމީ ފައިނަލަށް ދިއުމުގެ ދޮރު ހުޅުވުނީއެވެ. އެއީ ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަޕޮއިންޓާއެކުގައެވެ. އަނެއްކޮޅުން މިއަދުގެ މެޗުން މާޅޮސް ބަލިވުމުން މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނީއެވެ. އެއީ ކުޅުނު ދެމެޗުންވެސް ބަލިވުމުން ޕޮއިންޓެއް ނުލިބިއެވެ.

ގޮއިދޫއާއި މާޅޮސް ބައްދަލުކުރި މެޗް ގެ ސަޕޯޓަރުން. ފޮޓޯ: އީޓީ

ގޮއިދޫއާއި މާޅޮސް ބައްދަލުކުރި މެޗް ގެ ސަޕޯޓަރުން. ފޮޓޯ: އީޓީ

މި މުބާރާތުގައި މާދަމާވެސް ދެމެޗު ކުޅެން ހަމަޖެހިފައި ވެއެވެ. އެއީ މެންދުރު 1:30 ގައި ކުޅުމަށް ހަމަޖެހިފައިވާ އޭދަފުށި- ފުޅަދޫގެ މެޗާ ހަވީރު ކުޅޭ ދަރަވަންދޫ–ކުޑަރިކިލުގެ މެޗެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top