ސުޕާރީ ކާ ކުދިންނަށް: ހުއްޓާލަން ތައްޔާރުތޯ؟

img_md_202012300106441609315604.6813.jpg

ދެން އެކަމަށް ބާކީއޮތީ އެންމެ ދެ ދުވަހެވެ. އަންނަ އަންގާރަ ދުވަހުން ފެށިގެން ސުޕާރީ ޕެކެޓް ރާއްޖެ އެތެރެކުރުން މަނާވީ އެވެ. މިއީ ސުޕާރީއަށް ދެވިހިފާފައި ތިބި ކުދިނނަށް ހިތާމަވެރި ޚަބަރަކަށް ވާނެއެވެ. އެެހެން ނަމަވެސް ކުރިންވެސް އިއުލާނު ކޮށްފައިވާ ގޮތަށް ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، ސުޕާރީ ޕެކެޓުގެ އިތުރުން އެއްފަަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އެތެރެކުރުން ވެސް އަންނަ މަހުގެ 1 އިން ފެށިގެން ރާއްޖެ އެތެރެކުރުން މަނާވާނެ އެވެ.

ގެއިން ބޭރަށް ނުކުންނައިރު ސުޕާރީއެއް އަނގައަށް އަޅާލުން އާދައަކަށް ވެފައިވާ ކުދިން، އެކުދިން ލާފައި ހުންނަ ސެންޓު ނުވަތަ ބޮޑީސްޕްރޭގެ ވަހަށް ސުޕާރީގެ ވަސް އެއްކޮށްލުން ޓްރެންޑަކަށް ވެގެން ދިޔަދުވަސް މާޒީވަނީ އެވެ. އޮފީސްތަކުގައި މަސައްކަތް ކުރާ ބައެއް އަންހެންކުދިންގެ އަތުގައި އޮންނަ އަގުބޮޑު ޕާސްގެ ތެރެއަށް ސުޕާރީ ޕެކެޓް ކޮޅެއް ލައިގެން އުޅުނަސް އެކަންވެސް ނިމުމަކަށް އަންނަނީ އެވެ.

ސުޕާރީ ޕެކެޓް ރާއްޖެ އެތެރެކުރުން މަނާކުރާ އިރު ސުޕާރީ ވަނީ އަހަރެމެންގެ ތެރެއަށް ވަރަށް ބޮޑަށް އަތްގަދަކޮށް އެއަށް ހިތް ޖައްސުވާފައެވެ. ސުޕާރިއަކީ އިންސާނުންނަށް ކާސިނޮޖެނިކް އެއްޗެއްކަމުގައި ކަނޑައަޅައި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމްއިއްޔާއިން އިއުލާނު ކޮށްފައި ވިޔަސް އެއަށް ދިވެހިން އަޅުވެތިވެފައިވަނީ ފަސޭހައިން އެއާ ދުރު ނުވެވޭ ވަރަށެވެ. ކެންސަރު ޖެހުމަށް މަގު ފަހި ކޮށްދޭ އެއްޗެއްގެ އިތުރުން ސުޕާރީ ކެއުމަކީ ދަތްތަކާއި ހިރުގަނޑަށްވެސް ގެއްލުންހުރި ކަމެއްކަން ނޭނގެނީ ކާކަށްތޯއެވެ؟

“ނެތްތަ ސުޕާރީއެއް.” މިއީ އެއްކޮށް އެއްގެއެއްގައި ދިރިއުޅޭ އާއިލާއެއްގައި ނަމަ އެންމެ އާއްމުކޮށް އިވޭ އެއް އަޑެވެ.

ހަމައެކަނި ގޭތެރެއަކު ނޫނެވެ. އޮފީހުގެ މާހައުލުގައި ވެސްމެއެެވެ. ކްލާސް ރޫމް ތެރޭގައިވެސް ސުޕާރީއަކީ އެއާ ނުލައި މާހައުލު ފުރިހަމަ ނުވާ އެއްޗަކަށް އޮންނަނީ ވެފައެވެ. ކެއުމަށްފަހު އަނގަ މީރު ކޮށްލަން ވެސް ސުޕާރީއެވެ.

ސުޕާރީއަކި މިހާ ގެއްލުން ހުރި އެއްޗަކަށް ވާއިރު އެ ރާއްޖެ އެތެރެކުރުން މަނާކުރުމުން ގިނަ ބެލެނިވެރިން އެ މީހުންގެ އާއިލާގައި އެއަށް ދެވި ހިފާފައި ތިބި މީހުން ސުޕާރީކެއުން ހުއްޓާލަން މަޖްބޫރުވާނެ ކަމަށް ހީކޮށް އުފާކުރި އެވެ. އެހެންނަމަވެސް ހީކުރި ގޮތަށް ކަންތަކެއް ނުދިޔައެވެ. ސުޕާރީ ޕެކެޓްގެ ބަދަލުގައި ބިއްލޫރި ފުޅީގައި ސުޕާރީ އެތެރެކޮށް ބާޒާރަށް އަތުވެއްޖެއެވެ. ރާއްޖެ އެތެރެކުރުން މަނާކުރީ ޕެކެޓް ކޮށްފައި ހުންނަ ސުޕާރީއެވެ. އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުންނެވެ.

ރާއްޖެއަށް އަލަށް ތައާރަފް ކުރި ބިއްލޫރި ސުޕާރީ ފުޅިއެއްގައި 110 ގްރާމް ހުރެއެވެ. އޭގެ އަގަކީ 80 ރުފިޔާއެވެ.

އެކަމަކު ކުރިން ސުޕާރީ ޕެކެޓު ޖީބަށް ލައިގެން އުޅުނަސް ސުޕާރީ ބިއްލޫރި ފުޅި ޖީބަށް ލާނީ ކިހިނެއް ހެއްޔެވެ؟ އެނގޭ ކަމަކީ އެކަމަށްވެސް އަހަރެމެން ހީވެސް ނުކުރާ ކަހަލަ މޮޅު ގޮތެއް ވިސްނާނެ ކަމެވެ.

ސުޕާރީ އާއެކު އަންނަ މަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ތަކެތި

1- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި.

2- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ.

3- ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، ދިޔާތަކެތި ދިނުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު.

4- ކާބޯތަކެތި ބަންދުކުރާ ސްޓްއިރަފޯމް ފޮށި.

5- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު.

6- 250 މިލި ލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި.

7- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު.

8- ރާއްޖެ އަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި. އޭގައި ފެނާއި ލުއިބުއިން ހިމެނޭ.

9- ރާއްޖެ އަށް އިމްޕޯޓުކުރާ 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި.

ސުވާލަކީ ސުޕާރީއަށް ދެވި ހިފާފައިވާ ކުދިން މިހާލުގައިވެސް ސުޕާރީކެއުން ކުރިއަށް ގެންދާނީތޯ އެވެ. ނޫނީ ހުއްޓާލާނީތޯއެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top