ބޭރު ގައުމުތަކަށް ދިވެހި ދައުލަތުގެ ކަންތައްތައް ހިންގުމުގެ ފުރުސަތު ދެވިގެންނުވާނެ: އަލީ ހުސެން

l_4748522-1.jpg

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން

ބޭރު ގައުމުތަކަށް ދިވެހި ދައުލަތުގެ ކަންތައްތައް ހިންގުމުގެ ފުރުސަތު ދީގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް މިދިޔަ އަންގާރަ ދުވަހު އެ ގައުމުގެ ކެބިނެޓުން ނިންމުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ކޮންސިއުލެޓް އޮފީހެއް އަޅާނަމަ އެކަމެއް ނިންމާނީ ދިވެހި ދައުލަތުންކަމަށެވެ. އެކަމަށް ބަސްކިޔުމުގެ ބާރު ބޭރުގެ އެއްވެސް ގައުމަކަށް ލިބިގެން ނުވާކަމަށް ވިދާޅުވިއެވެ.

މިކަމާގުޅިގެން ރައީސް ސޯލިހު ވިދާޅުވީ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަކީ އެގައުމުގެ ނިންމުމެއް ކަމަށާއި، ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެކެވެން ޖެހޭ ވާހަކަތައް އެކަމުގައި ދެކެވޭނެކަމަށެވެ.

”ރާއްޖޭގައި ކޮންޒިއުލޭޓް އޮފީސް އެޅޭނެ ރަށްރަށާއި ތަންތަން ކަނޑައަޅަންވާނީ ދިވެހި ދައުލަތުން. މޮންގޯލް މީހުން ސެލްޖުކް ދައުލަތް ހިންގިގޮތަށް ބޭރު ގައުމަކުން ދިވެހި ދައުލަތުގެ ކަންތައްތައް ހިންގުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދީގެން ނުވާނެ.“- އަލީހުސެން 

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ވަނީ ނިންމާފައެވެ. ނަމަވެސް ރައީސް ވިދާޅުވެފައިވަނީ އައްޑޫގައި އިންޑިއާގެ ކުންސިއުލޭޓެއް ޤާއިމްކުރުމާމެދު އަދި ދިވެހި ސަރުކާރުން ގޮތެއް ނިންމާފައި ނުވާކަމަށެވެ. ރައީސް ވިދާޅުވީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުންނަ އިރު، އެ ގައުމުގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޭޓެއް ހުންނަ ކަމަށާއި، އެހެންކަމުން އިންޑިއާގެ ނިންމުމާ ދޭތެރޭވެސް ވިސްނަންޖެހޭކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top