ކޮވިޑް-19 ގެ ސަބަބުން މިހާރުވެސް މޮނިޓަރިންގ ގައި އޮތް އޭދަފުށިން ތުޅާދުއަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ތުޅާދޫވެސް އޮތީ މޮނިޓަރިން ހާލަތުގައި ރަށަށް އަރައިފޭބުން މަނާކޮށްފައެވެ.
މިދިޔަ މޭ މަހު 30ވަނަ ދުވަހު ތުޅާދުއަށް ދިޔަ އެމީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ކަން އެނގިފައި ވަނީ ކަރަންޓީނުގެ 14 ދުވަސް ފުރިހަމަކުރުމަށްފަހު ނެގި ސާމްޕަލުންނެވެ.
ތުޅާދޫން މިހާތަނަށް 1013 ސާމްޕަލް ނަގާފައިވާ އިރު މީގެތެރެއިން 896 މީހުން ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް 46 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިވެއެވެ.
ތުޅާދޫން މިބައްޔަށް ޕޮޒިޓިވް ވެފައިވަނީ 71 މީހުންނެވެ. އޭގެ ތެރެއިން 59 މީހަކު ވަނީ މިބަލިން ރަނގަޅުވެފަ އެވެ. މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 12 އެވެ.





