ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަރމާރކެޓް ޗެއިން؛ “ރެޑްވޭވް” އިން ކޮންމެ އަހަރަކުވެސް ބާއްވާ ރޯދަ ސޭލް ޕްރޮމޯޝަން ގެ މި އަހަރުގެ ނަސީބު ވެރިން މިއަދު ހޮވައިފި އެވެ.
ރެޑްވޭވް ކުންފުނީގެ 12 ފިހާރައިގާ މިއަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން 30 މެއި މަސް ނިމެންދެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ލަކީޑްރޯ ކުރިއަށް ގެންގޮސްފައިވަނީ ރެޑްވޭވް މެގަމޯލް ގައެވެ.
މި ޕްރޮމޯޝަނުގައި ރެޑްވޭވް އިން ވަނީ 26 ނަސީބުވެރިން ހޮވައިފަ އެވެ. މި ޕްރޮމޯޝަނުގެ އެންމެ ބޮޑު އިނާމުގެ ގޮތުގައި ހުށަހަޅާފައިވާ 100،000ރ.ގެ ފައިސާގެ އިނާމު ލިބުނީ ކޫޕަން ނަންބަރު 0131069، އަބްދުލް ބާރީއަށެެވެ.
މީގެ އިތުރުން ރެޑްވޭވްގެ ބްރޭންޑްތަކުން 20 އިނާމް ހައްގުވާ 10 ފަރާތަކާއި 10،000ރ ފައިސާގެ އިނާމް ހައްގުވާ 5 ފަރާތެއްވަނީ ހޮވާފައެވެ.
މި އިނާމްތަކުގެ އިތުރުން، ރެޑްވޭވް ރޯދަ ސޭލްގެ ތެރޭގައި ރެޑްވޭވްގެ ފޭސްބުކްގެ ޕޯސްޓްތަކަށް ލައިކް އަދި ޝެއަރކޮށް – ޓޮޕްފޭން ބެޖް ހޯދިފަރާތްތަކަށް، 5 ނަސީބުވެރި ފަރާތެއްވަނީ ހޮވާފައެވެ. އެގޮތުން 1 ވަނައަށް 55 އިންޗި ޓޮޝިބާ ޓީވީއެއް ވަނީ ލިބިފައެވެ. މި އިނާމު ލިބުނީ “ތާއިއު ރަޝީދަ”ށެވެ.
ރެޑްވޭވްއިން ބުނީ މިއަހަރުގެ ރެޑްވޭވް ރޯދަސޭލް ވެސް ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ އިތުބާރާއި ތަރުހީބު ލިބިގެންދިޔަ ޕްރޮމޯޝަނެއް ކަމަށެވެ. އަދި މިހާރު ޔޫރޯއާއި ދިމާކޮށް ރެޑްވޭވުން ކުރިއަށް ގެންދާ ހައިސެން ޕްރޮމޯޝަން ފަދަ ކިތަންމެ ޕްރޮމޯޝަނެއް ކުރިމަގުގައި ކުރިއަށް ގެންދާނެކަމުގައި ރެޑްވޭވުން ބުނެއެވެ.