ޝިލްޕާޝެޓީ ފިނޮޅު ރިސޯޓުގައި

5E971591-7BF7-457D-9E74-1E6DF9082FE1.jpeg

ބޮލީވުޑްގެ މަޝްހޫރު ތަރި ، ޝިލްޕާޝެޓީ ބ.އަތޮޅުގައި އޮންނަ ސީސައިޑް ފިނޮޅު ރިސޯޓަށް  އަތުވެއްޖެ އެވެ. ޝިލްޕާ ފިނޮޅަށް އައިސްފައިވަނީ ފިރިމީހާ ރާޖް އާއި، ބަތަލާ އަކަންޝާ މަލްހޯތުރާ އާއި އޭނާގެ ފިރިމީހާ ރޯހިތު އަގަރުވާލު އާ އެކުގައެވެ.

ޝިލްޕާ މީގެ ތިން ދިވަސްކުރިން އޭނާގެ އިންސްޓްގްރާމް ސްޓޯރީގައި ގައި ލިޔެފައިވަނީ އެއްވެސް ތަނަކަށް ނުދެވޭތާ އަހަރެއް ވެއްޖެ ކަމަށާއި މިދަތުރު މިދަނީ ރާއްޖެ އަށް ކަމަށެވެ.

ރާއްޖެ އައިސް ފިނޮޅުގައި ތިބެގެން ނަގާފައިވާ ބައެއް ފޮޓޯ ފޮޓޯތައް އެމީހުންގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާއިރު ޝިލްޕާ ބުނީ ރާއްޖެ އަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށެވެ.

ޝިލްޕާގެ ފިލްމީ ދުނިޔޭގެ ފިޔަޖެހުން އެންމެ ގަދަ ދުވަސްވަރުުވެސް އޭނާވަނީ ރާއްޖެއައިސް މާލޭގައި އޮތް ޝޯއެއްގައި ބައިވެރިވެފައެވެ. އަދި މީގެ ދެއަހަރެއް ކުރިންވެސް ފިރިމީހާއާއެކު ރާއްޖެއައިސް ޗުއްޓީ ހޭދަކޮށްފައެވެ. އެ ދަތުރު އެމީހުން އައިީ ކައިވެނީގެ އެނިވާސަރީ ފާހަގަކުރުމަށެވެ.

1993 ވަނަ އަހަރު ޝާހްރުކް ޚާން އާއި ކާޖޮލް އެކުގައި ފެނިގެންދިޔަ “ބާޒީގަރް” އިން ބޮލީވުޑަށް ތައާރަފްވި ޝިލްޕާގެ އެންމެ މަގްބޫލު ފިލްމު ތަކުގެ ތެރޭގައި “ދަޅްކަން”، “ޕިރް މިލޭގީ”، “ދަސް” އަދި “ރިޝްތޭ” ފަދަ ފިލްމުތައް ހިމެނެއެވެ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top