ކުރިއަށް އޮތީވެސް ވިއްސާރަ ދުވަހެއް

IMG_20200724_134101732.jpg

މޫސުން ގޯސް ދުވަހެއް.

ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގާ ކުރިއަށް އޮތީވެސް ވިއްސާރަ ދުވަހެއްކަމަށް ކަމަށާއި އެހެންކަމުން މޫސުމަށް ސަމާލު ވުމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް )އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ މިއީ ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ.

މެޓް އޮފީހުން މޫސުން ކުރިއަށް ލަފާ ކުރާ ގޮތަށް ބަލާއިރު ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، އަދި ބައެއް ރަށްރަށް ގުގުރުންވެސް އެކަށީގެންވެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭއިރު ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކުގައި އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ

އެހެންކަމުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top