ދަރިވަރުންގެ ފެންވަރު ބެލުމުގެ ޕްރޮގްރާމެއް ހިންގައިފި

10606402_1286835271343020_7127842389536648015_n.jpg

ރާއްޖޭގެ މަދަރުސާތަކުގައި ދެވޭ ތައުލީމުގެ ފެންވަރު ވަޒަން ކުރުމަށް ދިވެހި މާއްދާގެ ނޭޝަނަލް އެސެސްމަންޓް އިމްތިހާނުގައި 112 ސްކޫލަކުން ބައިވެރިވެ މިއަދު ޓެސްޓް ހަދައިފިއެވެ.

މި އިމްތިހާނުގެ ބޭނުމެއްކަމުގައި އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ، މިދިޔަ އަހަރު ގްރޭޑް 3 އަދި 6 ނިންމި ދަރިވަރުންނަށް އެ ގްރޭޑް ތަކުގެ މުގައްރަރުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ މިންވަރަށް ހާސިލުވިތޯ ދެނެގަތުން ކަމުގައެވެ. މީގެ އިތުރުން ތައުލީމީގޮތުން ދަރިވަރުންނަށް ހާސިލުވާ މިންވަރު ދެނެގަތުމާއެކު ތައުލީމީ ސިޔާސަތު ހަރުދަނާ ކުރުމަށް ކުރަންވީ ކަންތައްވެސް ދެނެގަތުން ކަމުގައެވެ.

މިއިމްތިހާނުގައި ޖުމްލަ 5441 ދަރިވަރުން ބައިވެރި ވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގައި ވެސް ވަޒަން ކުރުމުގެ ގޮތުން މިފަދަ އިމްތިހާނެއް ބާއްވާފައި ވެއެވެ. އެއީ ގްރޭޑް 4 އަދި 7 ދަރިވަރުން ބައިވެރި ކޮށްގެންނެވެ. ވަޒަންކޮށްފައިވަނީ ހިސާބާއި އިނގިރޭސިންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top