މިނިވަންދުވަހާ ގުޅިގެން 5 ދުވަހުގެ ބަންދެއް

11705359_608748605932418_2027336129018302459_n.jpg

މިނިވަން 50 ފާހަގަކުރުމުގެ ގޮތުން އޭދަފުށިގައި ބޭއްވި ހަރަކާޔްތަކުގެ ތެރެއިން

ރާއްޖޭގެ މިނިވަން ދުވަހާއި ގުޅިގެން ޖުލައި 28ވަނަ ދުވަހަކީވެސް ސަރުކާރުބަންދު ދުވަހެއްގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހަމަޖެއްސެވުމާއިގުޅިގެން މިފަހަރުގެ މިނިވަންދުވަހުގެ ޗުއްޓިީއަށް 5 ދުވަސް ލިބޭ ގޮތްވެއްޖެ އެވެ. އެހެންކަމުން މިއީ މާލޭގައި ވަޒީފާ އަދާކުރާ އަތޮޅުތެރޭގެ މީހުންނަށް ލިބޭނެ އުފާވެރި ޚަބަރަކަށް ވާނެއެވެ. އެހެންނޫނީ ފަސް ދުވަހުގެ ޗުއްޓީއެއް ލިބެނީ ހަމައެކަނި އީދު ގައެވެ.

މިނިވަން ދުވަހުގެ އުފަލުގައި މިނިވަން ކަމާއެކު އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށް ލިބުނު މިއީ ވަރަށް އުފާވެރި ފުރުސަތެއްކަމަށް ގިނަ ބަޔަކު ބުނެއެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ޖުލައި 26ވަނަ ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top