އޭދަފުށީ ރީޖަނަލް ކޮވިޑް ސެންޓަރުގައި މި ވަގުތު ދެމީހަކަށް ފަރުވާދޭ

DSCN9334-1-800x504-800x504.jpg

ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރު--ފޮޓޯ :އީވީ

އޭދަފުށީގައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރުގައި މި ވަގުތު ދެމީހަކަށް ފަރުވާދެމުން ގެންދާކަމަށް އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އަތޮޅު ހޮސްޕިޓަލުން ހާމަކުރި ގޮތުގައި މި ދެމީހުން ގެނެސްފައިވަނީ ބ.އަތޮޅުގައި އޮންނަ އަނަންތަރާ ރިސޯޓުންނެވެ.

“ރިސޯޓުން ކޮވިޑް ޖެހިގެން ހާލުބޮޑުވެގެން ދެމީހުންވެސް އިތުރުފަރުވާއަށް އިތުރުފަރުވާ ދިނުމަށް ކޮވިޑް ސެންޓަރަށް ގެނައީ. އެކަކު ގެނައީ އިއްޔެ. ހަމައެރިސޯޓުން އިތުރު މީހަކު މިއަދު އަނެއްކާވެސް ގެނައި. ޖުމްލަ ދެމީހުންނަށް ފަރުވާ ދެމުން ގެންދަނީ.” ހޮސްޕިޓަލުން މައުލޫމާތު ދެއްވިއެެވެ.

މި ދެމީހުންނަކީ ވެސް 50އަހަރުން މަތީގެ ދެ ފިރިހެންނުންނެވެ.

އޭދަފުށީގައި ގާއިމު ކޮށްފައި ހުންނަ ކޮވިޑް ސެންޓަރުގައި ޚިދުމަތް ދޭން ހަމަޖެހިފައިވަނީ މި ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top