ބަޖެޓާމެދު ކަންބޮޑުވުން އެބަހުރި- އެމްޕީ ސަލީމް

131655183.jpg

ރައްޔިތުންގެ މަޖިހީހުގައި މިހާރު ބަހުސް ކުރެވެމުންދާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކަންބޮޑުވުން ތަކެއް ހުރިކަމަށާއި އެހުރިހާކަމަކަށްވުރެ ބ. އަތޮޅަށް ޚާއްސަކޮށް އޭދަފުށި ދާއިރާ ގެ ރަށްތަކުގެ ރައްޔިތުން އެންމެ ބޭނުންވާ އެއްވެސް ކަމެއް ހިމަނާފައި ނެތުމުގެ ކަންބޮޑުވުން ސަލީމު ފާޅު ކުރައްވައިފިއެވެ.

އީވީ އާ ވާހަކަ ދައްކަވަމުން ސަލީމު ވިދާޅުވީ އޭދަފުށީގައި 100 ހައުސިން އެޅުމަށް ބަޖެޓުގައި ހިމަނާފައިވުމީ އުފާކުރައްވާކަމުގައެވެ. އެހެންނަމަވެސް އޭނާގެ ދާއިރާގެ އަނެއް ދެރަށް ކަމުގައިވާ ހިތާދޫ އާއި މާޅޮހުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް މުހިއްމުވެފައިވާ ފެނާއި ނަރުދަމާގެ ނިޒާމު ހިމަނާފައި ނެތުމީ  އޭނާ ކަންބޮޑުވެ ދެރަވާކަމެއް ކަމުގައެވެ.

“ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރަން ހިތާދޫގެ ފެނުގެ ނިޒާމާއި މާޅޮހުގައި ނަރުދަމާގެ ނިޒާމު ބަޖެޓްގައި ހިމެނޭތޯ. އެމަސައްކަތުގައި ކުރިއެރުން ތަކެއްވެސް ދަނީ ލިބެމުން. ” ސަލީމު ވިދާޅުވިއެވެ.

ސަލީމު ވިދާޅުވީ އެދެ ރަށުގެ ރައްޔިތުންނަށް އެކަން ކޮށްދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި ޓަކި ޖެހެން އޮތް ހުރިހާ ދޮރެއްގައިވެސް ޓަކި ޖައްސަވާނެކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top