ބަށީގެ ތަށި. ގޮއިދޫއާ ވަރަށް ރައްޓެހި

DSCN1977.jpg

16 ނޮވެމްބަރ. ހިތާދު ގޮއިދޫ ބައްްދަލުކުރި މެޗު-ފޮޓޯ : އީވީ

އަތޮޅު ކައުންސިލް ބަށި މުބާރާތުގެ ސެމީ ފައިނަލް މެޗްތައް މިއަދު ނިމުނު އިރު ފައިނަލް މެޗުގައި ވާދަކުރަން މި ޖެހުނީ މިދިޔަ އަހަރުވެސް ފައިނަލްގައި ބައްދަލުކުރި ދެ ޓީމުކަމަށްވާ ގޮއިދޫއާއި އޭދަފުށްޓެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި މިއަދު ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އޭދަފުށްޓާއި މާޅޮހެވެ. މި މެޗުން މޮޅުވެފައިވަނީ އޭދަފުށްޓެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ހިތާދޫއާއި ގޮއިދޫއެވެ. މި މެޗުން ގޮއިދޫ މޮޅުވުމުން އެޓީމް ދެން ޖެހޭނީ ފައިނަލުގައި އޭދަފުށްޓާ ވާދަކުރާށެވެ.

ގޮއިދޫ ފައިނަލާ ހަމައަށް ދަތުރުކުރީ އެއްމެޗުން ފިޔަވައި ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އޭދަފުށި ފައިނަލަށް އައިސްފައިވަނީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ.

މާޅޮސް -އޭދަފުށި މމެޗު - ފޮޓޯ :އީވީ

މާޅޮސް -އޭދަފުށި މމެޗު – ފޮޓޯ :އީވީ

ދެޓީމުގެ ސަޕޯޓަރުން ބުނާގޮތުގައި ބަށީގެ ގަދަ ދެބާރުގެ ގޮތުގައި ބ.އަތޮޅުން ފާހަގަކުރެވިފައިވާ މި ދެޓީމުގެ ބައްދަލުވުން ވެގެންދާނީ ހުރިހާ ގޮތަކުން ވެސް ތާރީޚީ މެޗަކަށެވެ.  އެއީ ގޮއިދޫ މިމުބާރާތަށް އައީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ތަށި ދިފާއު ކުރުމަށެވެ.  އޭދަފުށިން ބޭނުންވަނީ ބަދަލު ހިފުމެވެ. މިދިޔަ އަހަރުގެ ފައިނަލްގައި އެޓީމް ރޮއްވާލި ގޮތަސް މިއަހަރު އެހެން ނުހެދޭނެ ކަމުގެ ޔަގީން ކަމާއެކުގައެވެ.

ބަލަން ތިބެމާ ހިނގާށެވެ. ތާރީޚް ބަދަލުކޮށްލުމުގެ ފުރުސަތު އޭދަފުށި ޓީމަށް އެބައޮތެވެ. އެދަފުށްޓަށް ގޮންޖެހުމަށް ފަހު އަނެއްކާވެސް މި މުބާރާތް ކާމިޔާބުކޮށް ތަށި ދިފާއުކުރުމުގެ ހުރިހާ ފުރުސަތެއް ގޮއިދޫ ޓީމަށް ވެސް ވަނީ ފަހިވެފައެވެ. ދެޓީމަށް ވެސް އޮތީ ވަރަށް ހަމަހަމައިގާ ކަމަށް ދެޓީމްގެ މެނޭޖްމަންޓުންވެސް ގަބޫލު ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top