ޝާހްއާއި ސުއޫދަށް ފެނަކައިން ވަޒީފާ ދީފި

shah.jpg

މުހައްމަދު ޝާހް- މިއަދު އޭނާއަށްވަނީ ފެނަކަ އޭދަފުށީ ބްރާންޗް އިން ވަޒީފާ ހަމަޖައްސާފައި

ޚާއްސަ އެހީއަށް ބޭނުންވާ 100 މީހުންނަށް ސަރުކާރުން ދެއްވާ ވަޒީފާގެ ފުރުސަތު ޕްރޮގްރާމްގެ ތެރެއިން ފެނަކައިގެ ބ.އަތޮޅު ދެ ބްރާންޗަކުން ވަޒީފާއަށް މީހުން ހަމަޖައްސައިފިއެވެ.

އެގޮތުން ވަޒީފާ ހަމަޖެއްސީ އޭދަފުށީ ބްރާންޗަށް އޭދަފުށީ ލަންސިމޫގޭ  މުހައްމަދު ޝާހް އެވެ. ހިތާދު ބްރާންޗަށް އެރަށު އުތުރުގެ ސުއޫދު ގާސިމްވެ. މި ދެމީހުންނަށް ވަޒީފާ ދެއްވި ކަމުގެ ލިއުން ހަވާލު ކޮށްދެއްވީ މިއަދު މާލޭގައި މި ކަމަށް ޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ.

ސުއޫދު ގާސިމް ބ.ހިތާދޫ އުތުރުގެ

ސުއޫދު ގާސިމް ބ.ހިތާދޫ އުތުރުގެ

ޚާއްސަ އެހީއަށް ބޭނުންވާ 100 މީހުންނަށް ސަރުކާރުން ދެއްވާ ވަޒީފާގެ ފުރުސަތުގެ ދަށުން  ދޮންފަނުފެނަކަ ބްރާންޗްގައިވެސް 2014 ވަނަ އަހަރު ވަނީ މުވައްޒަކު ލައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top