އޭލެވެލް އިމްތިހާނު ފަށައިފި

58735008_2902187319807799_8693514475736662016_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު--

މާލެއާއި އަތޮޅުތެރެއިން ޖުމްލަ 2821 ދަރިވަރުންނާއެކު އޭލެވެލް އިމްތިހާނު މިއަދު ފަށައިފިއެވެ.

އެއީ އަތޮޅުތަކުގެ ސްކޫލުތަކުން 931 ދަރިވަރުންނާއި މާލޭގެ ސްކޫލުތަކުން 1890 ދަރިވަރުންނެވެ.

އޭ ލެވެލް އިމްތިހާން މިފަހަރު އޮންނަނީ  މާލޭގެ 6 ސެންޓަރުގެ އިތުރުން އަތޮޅުތެރޭގެ 38  ސެންޓަރެއްގަ އެވެ.

މިފަހަރު އޭ ލެވެލް އިމްތިހާންގައި ފުރަތަމަ ހަދަނީ ހިސާބު ޓެސްޓެވެ. އަދި އެންމެ ފަހު ޓެސްޓް އޮތީ އަންނަ މަހު 14 ގައެވެ. އެއަށްފަހު ޖޫން މަހު 13-17 ގައި ދިވެހި އިސްލާމް ޓެސްޓް ބާއްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

އޭ ލެވެމް އިމްތިހާނު ބާއްވަން އެންމެ ފުރަތަމަ އުޅުނީ މެއި/ޖޫންގަ އެވެ. ނަމަވެސް އެޑެކްސެލް އިން އެ ޓެސްޓު ބާއްވާ ތާރީޚު މި މަހަށް ކުއްލިއަކަށް އަވަސްކުރިއެވެ. އެއާއެކު ގިނަ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދިއުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ އޮކްޓޯބަރު/ނޮވެމްބަރުގައި ވެސް އޭ ލެވެލް އިމްތިހާނު ހެދުމުގެ ފުރުސަތު ދީފައެވެ. މިއާއެކު ބައެއް ސުކޫލުތަކުން އޮކްޓޯބަރު/ނޮވެމްބަރު އިމްތިހާން ހެދުމަށްވަނީ ބާރު އަޅާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top