ލޯފަންކުދިންގެ ކޭމްޕްގައި ބައިވެރިވުމަށް މުހައްމަދުއަފާޒް ފީއައްޔަށް

medium_85629.jpg

ކޭމްޕްގެ ބައިވެރިން ފީއަލީގައި . ފޮޓޯ: ވީ ނިއުސް

ދުނިޔޭގެ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ލޯފަންކުދިންގެ ޖަމިއްޔާ ، ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން މިއަހަރު ފ. ފީއަލީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކޭމްޕްގައި ބައިވެރިވުމަށް އެ އެސޯސިއޭޝަންްގެ ކުރީ ދައުރުގެ ނާއިބުރައީސް މުހައްމަދު އަފާޒު ފުރައިފިއެވެ.

ފީއަލީގައި ހުންނަވައިގެން މި ކޭމްޕާ ބެހޭ މައުލޫމާތު ދެއްވަމުން އަފާޒް ވިދާޅުވީ މި ކޭމްޕަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރމަހު 3ވަނަ ދުވަހު ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެގޮތުން ބާއްވަމުން އަންނަ ކޭމްޕެއްކަމުގައެވެ. މަގްސަދަކީ ލޯފަން ކުދިންނަކީވެސް މުޖްތަމައުގައި ބޭނުންތެރި މުހިއްމު ބައެއްކަން އަންގައި ދިނުން ކަމުގައެވެ.

މި ކޭމްޕާ ބެހޭގޮތުން ލޯފަންކުދިންގެ ޖަމިއްޔާގެ ރައީސް މުހައްމަދު މާޒިން ވިދާޅުވި ގޮތުގައި މިކޭމްޕްގެ ތެރެއިން ލޯފަންކުދިންގެ ހުުނަރުވެރިކަން ތަރައްގީ ކުރެވޭނެ ގިނަ ކަންތަކެއް ހިންގުމަށް ރާވާފައިވާކަމަށާއި އޭގެ ތެރޭގައި ލޯފަންކުދިންގެ ދުވުމުގެ މުބާރާތެއް ބޭއްވުމާއި އިތުރު ހަރަކާތްތަކެއްވެސް ފެނިގެންދާނެއެވެ.

މި ނޫނަސް ތަފާތު މުބާރާތްތަކާއެކު ރަށުގެ ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ މަދަހަ ކިއުމުގެ މުބާރާތަކާއެކު ޚާއްސަޖަލްސާއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މިއަދުން ފެށިގެން ޑިސެމްބަރ މަހުގެ 5ވަނަދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޭމްޕްގައި ދެ ޖިންސުގެ ލޯފަން 20 ކުއްޖަކު ބައިވެރިވެއެވެ.

ފީއަލީގައި މި އަހަރުގެ ކޭމްޕް ބޭއްވުމަށް ހަމަޖެއްސީ މިކަަމަށް ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅީ ފީއަލިން ކަމުގައި ވާތީއެވެ.

މި ދިޔަ އަހަރު މި ކޭމްޕް ބާއްވާފައިވަނީ ހދ.ކުރިނބީގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top