އޭދަފުށްޓާއި ގޮއިދޫ ފައިނަލަށް

DSC_0083.jpg

ބ. އަތޮޅު ކައުންސިލްގެ ބަށި މުބާރާތުގައި މިއަދު ކުޅުނު މެޗް. ފޮޓޯ: ސައިނޯސާރާއި

މިހާރު ކުޅެވެމުންދާ ބ. އަތޮޅު ކައުންސިލްގެ ބަށި މުބާރާތުގެ ފައިނަލަށް ގޮއިދޫއާއި އޭދަފުށި ހޮވިއްޖެއެވެ. ގޮއިދޫ ފައިނަލަށް އައިސްފައިވަނީ ސެމީ ފައިނަލްގައި މިއަދު އެ ޓީމާ ބައްދަކުކުރި ފުޅަދޫއާ ވާދަކޮށް 35-26 ގެ ތަފާތުން ކުރި ހޯދައިގެންނެވެ. ގޮއިދޫ ފައިނަލަށް އައިސްފައިވަނީ ތުޅާދޫ އަތުން 40-23ގެ ބޮޑު ތަފާތަކުން މޮޅު ވެގެންނެވެ.

ހަނދުމަފުޅު ހުންނާނޭ ފަދައިން ގޮއިދޫއާ އޭދަފުއްޓަކީ މިދިޔަ އަހަރުވެސް ފައިނަލުގައި ބައްދަލު ކުރި ދެޓީމެވެ. ވަރަށް ވާދަވެރި ކުޅުމަކަށްފަހު ޗެމްޕިއަންކަން ހޯދީ އޭދަފުޢްޓެވެ.

ހުކުރު ދުވަހަކީ އަނެއްކާވެސް މި ތާރީޚީ ދެޓީމް ފައިނަލްގައި ބައްދަލުކުރާ ދުވަހެވެ. ކޮންމެ ގޮތަކަށް ނަތީޖާ ނުކުތްކަމުގައި ވިޔަސް އެ މެޗްވާނީ މުޅި އަހަރުގައިވެސް ފެންނާނެ އެންމެ ފޯރިގަދަ މެޗަށެވެ.

މި މެޗް ޓީވީއެމުން ވަގުތުން ދުރަށް ދައްކާގޮތަށް ހަމަޖެހިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top