ގިނައިން ކިނބިހި އެޅެނީތަ ؟

kivanje.jpg

ގިނައިން އެއްފަހަރާ ކިނބިހި އެޅުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ތަހައްމަލު ކުރަމުން ގެންދާ ވޭން ހުރިކަމެކެވެ. އެކަމުގެ އުނދަގޫ މުޅި ހަށިގަނޑަށްކޮށް މީހާ ވަރުބަލި ކޮށްލުމުގެ އިތުރުން ލޮލަށްވެސް އޭގެއަސަރުކުރާ ކަމެއްމެއެވެ.  މެއެވެ.

މާގިނައިން ކިނބިހި އެޅެން މެދުވެރިވާ އެއް ސަބަބަކީ ސައިނަސް އެވެ. މީގެ އިތުރުން ކޮންމެވެސް އެލާޖިކެއްގެ ސަބަބުން ނުވަތަ ދިރިއުޅޭ މާހައުލުގެ ސަބަބުން ވެސް ކިނބިހި އެޅެން މެދުވެރިވެދާނެއެވެ. ހިރަފުހާއި ދުން ނުވަތަ ބައެއް ތަކެތީގެ ވަސް ޖެހުމަކީ ކިނބިހި އެޅެން މެދުވެރިވ ސަބަބު ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިއިން ކޮންމެ ހާލަތެއްގައި ވިޔަސް ނަމަވެސް ގިނައިން ކިނބިހި އެޅޭނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ބުއްދިވެރިއެވެ.

ގަދަކަމުން ކިނބިއްސެއް ހިފަހައްޓަން މަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ކޮސްގެން ވާނެ ކަމެއް ނޫނެވެ. އަދި އެއީ އިންތިހާ އަށް ނުރައްކާތެރި ކަމެކެވެ.

ކިނބިހި އެޅުން ހުއްޓުވަން ގޭގައި ނުވަތް އަމިއްލަ އަށް ކުރެވޭ ފަރުވާ ނުވަތް ތެރަޕީތައް ހުރެއެވެ.

މިގޮތުން ބަލާއިރު ނޭފަތުގައި ހިފާ ކުޑަކޮށް ބޭރަށް ދަމައިލުމަކީ އެވަގުތަށް އޮތް ހައްލެކެވެ. ދަމާލަން ވާނީ މާ ބާރަކަށް ނޫނެވެ. މިގޮތަށް ހެދުމުން ނޭފަތުގެ އެތެރޭގެ މަސްކޮޅުތައް ކުޑަކޮށް ދެމިލާ، ކިނބިހި އެޅުން ހުއްޓޭ ގޮތްވާނެއެވެ.

ކިނބިހި އެޅެން ފެށުމާއެކު ޓިޝޫއެއް ފަދަ އެއްޗަކުން އަވަހަށް ނޭފަތް ފޮޅާލާށެވެ. ކިނބިހި އެޅުން ހުއްޓޭނެއެވެ.

މަތީ ތުންފަތުގައި ބޮޑުވާ އިނގިއްޔާ ޝަހާދަތް އިނގިލިން ހިފާފައި  ނޭފަތާއި ދިމާއަށް ތުންފަތުގެ މަތީ ބައި ގެންދިއުމަކީެސް ކިނބިހި އެޅުން ހުއްޓިދާނެ ގޮތެއް ކަމަށް ބުނެއެވެ.

މަތީ ދަތްޕިލައިގެ މެދު ދެ ދަތަށް ބާރުކޮށް ދުލުން ފިއްތާލައި ކިނބިހި އެޅުމުގެ އިހުސާސް ދަންދެން ހިފަހައްޓާލާށެވެ.

ކިނބިހި އެޅެން ފެށުމުން ކައިރީގައި މޭޒެއް ހުރި ނަމަ މޭޒު ކައިރިއަށް ގޮސް ގުދުވެ ދޫ ބޭރަށް ނެރެ ދޫ އެއް އިންޗި އެއްހައި ކައިރިއަށް ގެންގޮސް މަޑުކޮށްލާށެވެ.

ބައެއް ފަހަރު ކަންފަތުގައި ހިފާ ދަމާލުމުންވެސް ކިނބިހި އެޅުން ހުއްޓޭގޮތް ވެ އެވެ.

މީގެ އިތުރުން ކަޅުދިރި އަކީވެސް މިކަމަށް އޮތް މޮޅު ބޭހެކެވެ. ކަޅުދިރިކޮޅެއް ކޮޅެއް މުގުރާފައި އޭގެ ވަސް ބަލާށެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި ކިނބިހި އެޅުން ހުއްޓޭގޮތް ވާނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top