200 މީހުންނާއި އެކު ދަތުރުކުރި މަތިންދާބޯޓް “އޮޅިގެން” އެހެން އެއާޕޯޓެއްގައި ޖައްސައިފި

ވިއެޓް ޖެޓްގެ މަދިންދާބޯޓެއް.

ވިއެޓް ޖެޓްގެ މަދިންދާބޯޓެއް.

ވިއެޓްނާމްގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ވިއެޓްޖެޓް އެއާލައިންގެ މަތިންދާބޯޓެއް 200 ފަސިންޖަރުންނާއި އެކު ޖައްސަން ޖެހޭ އެއާޕޯޓް ނޫން އެހެން އެއާޕޯޓެއްގައި ޖައްސައިފިއެވެ.

މަތިންދާބޯޓް ޖައްސާފައި ވަނީ ޓުއަރިސްޓުންގެ މެދުގައި މަގުބޫލް މަންޒިލެއް ކަމަށްވާ ކަމް ރަންހް ގައެވެ. ނަމަވެސް މަތިންދާބޯޓް ޖައްސަން ހަމަޖެހިފައި އޮތީ މަތިންދާބޯޓް ޖެއްސި އެއާޕޯޓަށްވުރެ 80 މޭލެއްހާ ދުރުގައި އޮތް ޑަ ލަޓްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ނުބައި އެއާޕޯޓެއްގައި މަތިންދާބޯޓް ޖެއްސީ “އޮޅިގެން” ނެވެ.

މިމައްސަލައިގެ ތަޙްޤީޤު ވިއެޓްނާމްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ފަށާފައި ވާއިރު އެއޮތޯރިޓީން ބުނީ މިހާދިސާ ހިނގަން މެދުވެރިވީ މަތިންދާބޯޓްގެ ކޯޑިނޭޓަރުންނާއި ކުރޫއިން ޕްރޮސީޖާތަކަށް ތަބާނުވުމުން ކަމަށެވެ.

މަތިންދާބޯޓްގެ ހުރިހާ ކުރޫއިންގެ ލައިސަންސް ވަގުތީގޮތުން ހިފަހައްޓާފައިވާއިރު ވިއެޓްޖެޓް އެއާލައިނުން ބުނީ ނުބައި އެއާޕޯޓެއްގައި މަތިންދާބޯޓް ޖެއްސި މައްސަލައިގައި އަދި އެއްވެސް ކޮމެންޓެއް ކުރަން ބޭނުންނުވާ ކަމަށެވެ.

ނުބައި އެއާޕޯޓެއްގައި މަތިންދާބޯޓް ޖެއްސުމުން ދާން ބޭނުންވި މަންޒިލަށް ނުދެވުނު ފަސިންޖަރުން ވިއެޓްޖެޓްގެ އެހެން މަތިންދާބޯޓެއްގައި ވަނީ އެމީހުން ދާން ބޭނުންވި މަންޒިލަށް ގެންގޮސްފައެވެ.

ވިއެޓްޖެޓް އަކީ ވިއެޓްނާމްގައި އުފެއްދި ފުރަތަމަ ޕްރައިވެޓް އެއާލައިނެވެ. މިއެއާލައިން އުފެއްދީ 2011 ވަނަ އަހަރުއެވެ. ވިއެޓްޖެޓް އިން ވިއެޓްނާމްގެ 11 ސިޓީއަކަށް ދަތުރުތައް ބާއްވާއިރު ސިންގަޕޫރަށާއި ބެންކޮކަށް ވެސް ވިއެޓްޖެޓްގެ ދަތުރުތައް އޮވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top