އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަކީ ދުނިޔޭގެ އެންމެ ބޮޑު ޕްލެނެޓް ކަމަށް ވާ ޖުޕިޓަރުން އައިސް ހުރި ކުޅުންތެރިއެއް ކަމަށް ނައިޖީރިއާގެ ކޯޗު ސްޓެފަން ކޭޝީ ބުނެފި އެވެ.
“އެމީހުންނަކީ (އާޖެންޓީނާ ކުޅުންތެރިން) ވަރަށް މޮޅު ބައެއް. ވަރަށް ކްލާސް ބައެއް. އެކަމަކު މެސީ އަކީ ތަފާތު މީހެއް. އޭނާ އަކީ ޖުޕިޓަރުން އައިސް ހުރި މީހެއް،” ކޯޗު ބުންޏެވެ.
އޭނާ މިހެން ބުނީ ނައިޖީރިއާ އަތުން އާޖެންޓީނާ 3-2އިން މޮޅުވި މެޗުގައި މެސީ ދެ ގޯލު ޖަހައި ވޯލްޑް ކަޕުގެ ލަނޑު ލިސްޓުގެ ކުރި ހޯދުމުންނެވެ. ކޭޝީ ބުނީ މެސީ އަށް ފުޓްބޯޅައިގެ ހުނަރު ކިތަންމެހާ ވެސް މޮޅަށް ލިބިފައިއެބަހުރި ކަމަށާއި އެއީ އޭނާގެ ކިބައިން ނިގުޅައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.
އުމުރުން 27 އަހަރުގެ މެސީ މި މެޗަށް ފަހު މެސީ ބުނީ މުޅި ދުނިޔެ އަށް މޮޅު އާޖެންޓީނާ އެއް ފެނިއްޖެކަމަށާއި މިރޭ ދެއްކި ކުޅުން ތަކުރާރު ކުރަން ޖެހޭ ކަމަށެވެ. އޭނާ ވަނީ ބާސެލޯނާ އަށް 466 މެޗުން 381 ގޯލު ޖަހާދީފަ އެވެ. އަދި އާޖެންޓީނާ އަށް 91 މެޗުން 44 ގޯލު ޖަހާދީފަ އެވެ. މި މުބާރާތުގައި އޭނާ ޖެހި ހަތަރު ގޯލާއެކު ވޯލްޑް ކަޕުގައި މެސީ ޖެހި ގޯލުގެ އަދަދު ވަނީ ފަހަކަށް އަރައިފަ އެވެ.