ޒޯންގެ ފުރަތަމަ މެޗަށް ފެހެންދޫ ތައްޔާރު!

DSCN1983-1.jpg

ފެހެންދޫ ޓީމް

މިނިވަން ޗެމްޕިއަންޝިޕް ޒޯން ތިނެއްގެ ބ.އަތޮޅު ޗެމްޕިއަން ފެހެންދޫ ، މިއަދު ކުޅުމަށްހަމަޖެހިފައިވާ ޒޯން މުބާރާތުގެ ފުރަތަމަ މެޗަށް ތައްޔާރުކަމަށް އެޓީމުން ބުނެފިއެވެ.

ފުރަތަމަ މެޗުގައި ފެހެންދޫ މިއަދު ބައްދަލުކުރަން ހަމަޖެހިފައިވަނީ ރ. މީދޫ އާއެވެ. މި މެޗު ކުޅޭނީ ޒޯން ތިނެއްގެ މެޗުތައް ބާއްވާ ޅ. ނައިފަރު ފުޓްބޯޅަ ދަނޑުގައެވެ.

މި މެޗާ ބެހޭ ގޮތުން ފެހެންދޫ ޓީމްގެ މެނޭޖަރ މޫސާ ނަސީމް ވިދާޅުވީ އޭދަފުށި ބަލިކޮށްފަ ޒޯން މުބާރާތަށް ދެވުމަކީ ލިބުނު އިތުރު ހިތްވަރެއް ކަމަށާއި ފެހެންދޫ މިހާރު މި ތަމްސީލު ކުރަނީ މުޅި ބ.އަތޮޅު ކަމުގައެވެ.

މޫސަ ވިދާޅުވީ ޒޯން މުބާރާތުގައި ފެންނާނެ އެންމެ ބޮޑު ބަދަލަކީ އޭދަފުށީ ފުޓްބޯޅައިގެ ލެޖެންޑު ޢަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ) އެވެ. އަތޮޅު މުބާރާތުގައި ފެހެންދޫ ޓީމު ލިސްޓުގައި މަޖިއްޓޭ ހިމެނި ކަމަށްވިޔަސް އޭދަފުއްޓާ ދެކޮޅަށް ކުޅުނު ދެމެޗުގަވެސް މަޖިއްޓޭ ފެނިފައެއް ނުވެއެވެ. ފެހެންދޫ ޓީމުން ބުނަނީ މިއަދު އެޓީމުން މަޖިއްޓޭ ފެންނާނެ ކަމަށެވެ.

ޒޯން މުބާރާތުގައި މި ދެޓީމުގެ އިތުރުން ދެން ހިމެނެނީ މުބާރާތް ބާއްވާ ނައިފަރެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ނައިފަރާއި ރ. އަތޮޅު ޗެމްޕިއަން މީދޫ ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއަކުން މީދޫ އެވެ. މިއަދުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލުގެ ފުރުސަތެއް މީދޫ އަށް ލިބޭނެއެވެ.

މެޗު ފަށާނީ މިއަދު ހަވީރު 3:50 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top