އެމްޕީ. އަލީ ވިދާޅުވަނީ ކައުންސިލަރުން ވަކިކުރުމުގެ ބާރު، މަޖިލީހަށް އޮވެގެން ނުވާނެކަމަށް .

medium_45394.png

ކެންދޫ ދާއިރާގެ މެންބަރު އެމްޕީ އަލީ ހުސޭން.

ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮވެގެން ނުވާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

“ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެގެން ނުވާނެ” ކަމަށް އަލީ ވިދާޅުވެފައިވަނީ މިއަދު އޭނާ ކުރެއްވި ޓްވިޓެއްގައެވެ.

ޓްވިޓްގައި އިތުރަށް އަލީ ވިދާޅުވީ ރަށެއްގެ ރައްޔިތުން އެ ރަށަކަށް ޚިދުމަތް ކުރަން ހޮވާފައި ހުންނަ މީހަކާއި މެދު ކަންކުރަންވީ ގޮތް ސިޔާސީ ވަކި ޕާޓީއެއްގެ ހަންމުއްޓަކުން ނިންމިގެން ނުވާނެ ކަމަށެވެ.

އަލީ ހުސައިން މިގޮތަށް ވާހަކަ ދައްކަވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުން ކައުސިލަރުންނާއި މޭޔަރުންގެ މަގާމުން ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން އިސްލާހު ގެނެސްފައި ވަނިކޮށެވެ.

މި އިސްލާހު ދިފާއު ކުރައްވައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެން ވަނީ ވާހަކަ ދައްކަވާފައިކަން ފާހަގަ ކުރެވެއެވެ.

މި އިސްލާހަކީ، ކައުންސިލަރުން އެބޭފުޅުންގެ ވާޖިބުތައް އަދާކުރަން ނުކުޅެދިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އެ ކައުންސިލަށް ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ދީފައިވާ އިސްލާހެކެވެ.

މި އިސްލާހުގައި ކައުންސިލުގެ ރައީސަކަށް ނުވަތަ މޭޔަރަކަށް ވިޔަސް މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކުރެވޭ ނަމަ އަދި އިހުމާލުވާނަމަ ނުވަތަ ނަހަމަ ގޮތުގައި ބާރުތައް ބޭނުން ކުރާ ނަމަ ކައުންސިލަރުން ވަކިކުރަން މަޖިލީހުން އެލްޖީއޭއަށް އެންގިދާނެއެވެ.

މޭޔަރަކު ނުވަތަ ކައުންސިލް ރައީސަކު އަދި ކައުންސިލަރަކު ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ ވޯޓު ލިބިގެންނެވެ. އަދި އެލްޖީއޭއިން ހުށަހަޅާ ހުށަހެޅުމާ އެއްގޮތަކަށް ކައުންސިލަރަކު ނުވަތަ ރައީސްއަކު ނުވަތަ މޭޔަރުވިޔަސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހިސާބުން އޭނާ މަގާމުން ވަކިވާނެއެވެ.

މެމްބަރު އަލީ ހުސެއިންގެ އިތުރުން އެހެން ދާއިރާ ތަކުގެ ބައެއް މެންބަރުންވެސް ވަނީ ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެގެން ނުވާނެ ކަމަށް ވިދާޅުވެ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top