ދިރާގު ޓީވީ ޕްރޮމޯޝަން މުއްދަތު އިތުރުކޮށް، ހުރިހާ ޗެނެލް 450ރުފިޔާ އަށް!

b_Eoz30O4Z0dG3oaOEH7T6Dp6cz.jpg

ދިރާގުން މިހާރުވެސް ކުރިއަށް ގެންދާ ދިރާގު ޓީވީ ޕްރޮމޯޝަންގެ މުއްދަތު މިއަހަރުގެ ނިޔަލަށް އިތުރުކޮށް ހުރިހާ ޗެނެލް 450 އަށް ލިބޭގޮތަށް ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ، މިއަގުގައި ކަސްޓަމަރުންނަށް އެންމެ ފަހުގެ ފިލްމުތަކާއި ޑްރާމާތަކާއި މުނިފޫހިފިލުވުމުގެ ޕްރޮގުރާމްތައް، 100 އަށް ވުރެ ގިނަ ޗެނަލުން ހެޔޮ އަގެއްގައި ބަލައިލެވޭނެ ކަމަށާއި އެހެން ކަމުން މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ.

އަދި ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު ޓީވީ ޗެނަލްތައް ކަމަށްވާ ސްޓާގެ ޗެނަލްތަކާއި ޒީގެ މުޅީން އާ ޗެނަލްތައް ވެސް ލިބޭނެ ކަމަށް އެ ކުންފުނީން ބުނެއެވެ.

ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 73 އިންސައްތަ ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައި ކަމަށް އެ ކުންފުނީން ބުނެއެވެ. އޭގެ ތެރޭގައި 53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ދިރާގު ޓީވީ ގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ.

ދިރާގުން ބުނީ، އެކުންފުނިން މަސައްކަތް ކުރަމުން އަންނަނީ، ދިރާގު ޓީވީން ހަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމައަށް ފަސޭހަކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top