ރަށު ކައުންސިލަކުން ހިލޭ ވައިފައި ލިބޭ ސްޕޮޓްތަކެއް ގާއިމް ކޮށްދީފި

IHWFU1FVNhWoMA8JaRwreLw0hgid3mLVW6G5AsbX.webp

ނ.ކުޑަފަރި

ނ ކުޑަފަރީ ކައުންސިލުން އެރަށުގައި ހިލޭ ވައިފައި ލިބޭ ސްޕޮޓްތަކެއް ގާއިމުކޮށްފި އެވެ.

މިއީ ކައުންސިލަކުން އެރަށެއްގެ ރައްޔިތުންނަށް ހިލޭ ވައިފައި ލިބޭ ސްޕޮޓްތަކެއް ގާއިމް ކޮށްދިން ފުރަތަމަ ފަހަރުވެސް މެއެވެ.

ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް މުހައްމަދު (ސަންބޯ) ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވިގޮތުގައި، މިއީ ޖަމާއަތުގެ އެންމެންނަށް ހިލޭ އިންޓަނެޓު ދިނުމުގެ ގޮތުން ދޭ ޚިދުމަތެކެވެ. އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އިތުރު ދެ ސްޕޮޓަކަށް ވައިފައި ދޫކުރުން ކަމަށް ވިދާޅުވިއެވެ.

އެ ޚިދުމަތް ހޯދަން އެއްވެސް ޕާސްވޯޑެއް ޖަހަންނުޖެހޭނެ ކަމަށްވެސް ކައުންސިލުން ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، ސްޓާލިންކް އިންޓަނެޓް ކަނެކްޝަން ބޭނުންކޮށްގެން ވައިފައި ދޫކުރަން ނިންމާފައިވާ އެ ތިން ސަރަހައްދަކީ ވެސް ރަށުގައި އާންމުން އެއްވެ އުޅޭ ތިން ސަރަހައްދު ކަމަށެވެ. އަދި އިމާރާތަށް ވައިފައި ދޫކޮށްފައި ހުންނައިރު، މުޅި އެ ސަރަހައްދަށް ވެސް ވައިފައި ރޭންޖް ލިބޭނެކަން އޭނާ ފާހަގަކުރިއެވެ. ހުރިހާ ޚަރަދެއް ކުރާނީ ކައުންސިލުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top