ކުރިއަށް އޮތީ ވިއްސާރަ ދެ ދުވަސް

IMG_20200724_134047986.jpg

މޫސުން ގޯސް ދުވަހެއް

މިއަދާއި މާދަމާއަކީވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ދެ ދުވަސް ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މިއަދާއި މާދަމާ ރާއްޖޭގެ ހުރިހާ ސަރަަހައްދަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރާއިރު މެޓްއިން ބުނީ ދަތުރުފަތުރު ނުކުރެވޭ ވަރަށް ކަނޑުތައް ގަދަ ނޫން ކަމަށެވެ. ހަމައެހެންމެ މި ދެ ދުވަހު ވިއްސާރަ ވިޔަސް ވައިގަދަ ނުވާނެ ކަމަށާއި ދެ ދުވަސް ފަހުން ހުރިހާ ހިސާބަކަށްވެސް މޫސުން ރަގަޅު ވާނެ ކަމަށް މެޓްއިން ލަފާކުރެއެވެ.

މިހާރު ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް، އައްސިދަ އެވެ. މި ނަކަތުގެ ފެށޭކޮޅު އާންމުގޮތެއްގައި ވައިގަދަވެ ވިއްސާރަ ވާނެއެވެ.

މޫސުން ގޯސްވެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައި މިވަނީ ހޫނުގަދަ ދުވަސްތަކަކަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.  މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދިން ގޮތުގައި މިދިޔައީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ހޫނުގަދަ ދުވަސްތަކެވެ. މިގޮތުން ވޭތުވެ ދިޔަ ބައެއް ދުވަސްތަކުގައި އިހްސާސް ކުރެވޭ ހޫނުމިން ވަނީ 40 ޑިގްރީ ފަހަނަ އަޅައިގޮސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top