ކެންދޫ ކައުންސިލަށް ލައިސަންސް ދޫކުރުމުގެ ހުއްދަ

DSCN5338-849x637-800x512-800x512.jpg

ކެންދޫ

ބ.ކެންދޫ ކައުންސިލަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ހުއްދަ ދީފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ކެންދުއާއެކު 10 ކައުންސިލަކަށް މިހުއްދަ ދީފައެވެ.

އަލަށް ހުއްދަ ދިން 10 ސެންޓަރާއެކު މުޅިޖުމުލަ 39 ސެންޓަރަކަށް ލައިސަންސް ދޫކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އެވުޒާރާއިން ހާމަކުރި އެވެ.

އަދި އިތުރު ސެންޓަރު ތަކުންވެސް ލައިސަންސް ދޫކުރުމުގެ ހުއްދައަށް އެދުމުން އޮންނަ އުސޫލުގެ ދަށުން ލައިސަންސް ދޫކުރުމުގެ ހުއްދަ ދެމުން ގެންދާނެ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައި ވެއެވެ.

ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނީ މިހާރު ލައިސަންސް ދޫކުރަމުންދާ ސެންޓަރުތައް އިތުރަށް މޮނިޓަރ ކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ. ހަމައެއާއެކު ލައިސަންސް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ޚާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަމަށްވެސް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.

އެވުޒާރާއިން ބުނީ މި މަސައްކަތުގެ މަގްސަދަކީ ލައިސަންސް ދޫކުރުމުގައި ގެންގުޅޭ މިންގަނޑުތަކުގެ ފެންވަރު ހިފެހެއްޓުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top