ޓީޗަރަކު ދަރިވަރުން ގްރޫމްކުރި މައްސަލައެއް ބަލަނީ

b_0RhA4o2amoyZSAf3DtVFfWcHY.jpg

ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަދައްކައި ގްރޫމް ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މ، ފ، ދ، ތ، ލ. އަތޮޅު ހިމެނޭ ޒޯޏުގައި ހިމެނޭ ރަށެއްގެ ސްކޫލުގެ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަދައްކައި ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އޮކްޓޫބަރު 17 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދިވެއްސެއްގެ މައްޗަށްތޯ ނުވަތަ ބިދޭސީއެއްގެ މައްޗަށްތޯ ފުލުހުން ސާފު ކޮށްދީފައެއް ނުވެ އެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ، ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމުގެ ގޮތުން ހާދިސާ ހިނގާ ސީދާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން ވެސް ކުޑަކުދިން ގްރޫމް ކުރުމުގެ މައްސަލަތައް ފުލުހުން ބަލާފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top