ހިތާދޫއިން ފެހެންދޫ މޮޅުވިޔަނުދީ ހިފަހައްޓައިފި

DSCN8440.jpg

ބ.އަތޮޅު ފުޓްބޯލް ޗެލްންޖް : ފެހެންދުއާއި ހިތާދޫ ބައްދަލު ކުރިމެޗް --- ފޮޓޯ:އީވީ

ބ.އަތޮޅު ފުޓްބޯލް ޗެލެންޖްގައި މިއަދު ހިތާދޫ އާއި ފެހެންދޫ ބައްދަލު ކުރި މެޗު ފެހެންދޫ މޮޅުވިޔަނުދީ ހިތާދޫއިން ހިފަހައްޓައިފިއެވެ.

ބ.އަތޮޅުގައި ފުޓްބޯޅައިގެ ގަދަ ބާރެއްކަމުގައި ބެލެވެމުން އަންނަ ފެހެންދޫ އާއި ހިތާދޫ ބައްދަލު ކުރި މިމެޗުގެ ފަހު މިނިޓުގައި ހިތާދޫ ޓީމުންވަނީ ލަނޑެއް ޖަހައި 1-1 އިން އެއްވަރު ކޮށްފައެވެ.

ފޯރިގަދަ ކުޅުމެއް ދެޓީމުންވެސް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ފެހެންދޫއިންނެވެ. ދެވަނަ ހާފްގައި ފެހެންދޫއަށް ލިބުނު ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލީ އެޓީމުގެ އަލި ވިސާމް އެވެ. މެޗްގެ 50 ވަނަމިނެޓްގައި ޖެހި މިލަނޑަށް ފަހު ފެހެންދޫގެ ކުޅުން ރަނގަޅުކޮށް އިތުރު ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ.

މެޗު ނިމެން ކައިރިވި ވަރަކަށް ހިތާދޫ ޓީމުން ލަނޑެއް ޖެހޭތޯ ކުރި މަސައކަތް ކާމިޔާބުވީ މެޗްގެ އިތުރުވަގުތުގެ ފަހު މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސައީދުއެވެ.

މި ގްރޫޕްގައި ކުޅެވުނު ފުރަތަމަ މެޗްގައި ހިތާދޫއިން ވަނީ ތުޅާދޫ ވެސް މޮޅުވިޔަ ނުދީ ފަހުވަގުތުގައި ލަނޑެއްޖަހާފަ އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ދެޓީމް ކަމަށްވާ، ކެންދޫއާއި ދަރަވަންދޫ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top