އައިއޭއެސް އަށް ތިންވަނަ ކުއާޓަރުގައިވެސް ބޮޑު ގެއްލުމެއް

b_jEVCnLPEzPhP5nUxx3iWE2D3e.jpg

މޯލްޑިވިއަންގެ ފްލައިޓެއް ---ފޮޓޯ : މޯލްޑިވިއަން

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ހަރަދު ބޮޑުވެ މިދިޔަ ތިންވަނަ ކްއާޓަރުގައިވެސް އެކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ޕީސީބީ އިން އާންމުކުރި އައިއޭއެސްގެ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގެ މާލީ ބަޔާނުން ދައްކާ ގޮތުގައި އެކުންފުނި ހިންގުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން އެ ކުއާޓަރުގައި 9.6 މިލިއަން ރުފިޔާގެ ގެއްލުނ ވަނީ ވެފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާއި އޭގެ ކުރީ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ގެއްލުން ކުޑަ އަދަދެކެވެ.

އައިލެންޑް އޭވިއޭޝަންގެ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާއި އޭގެ ކުރީ އަހަރުގެ މި މުއްދަތު އަޅާ ކިޔާނަމަ ހިންގުމުގެ ހަރަދުތައް 32 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ހަރަަދަށް އެ ކުންފުނިން 144 މިލިއަން ހަރަދުކޮށްފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ހުރީ 87 މިލިއަން ރުފިޔާގަ އެވެ. މި ހަރަދު މަތިވެފައިވަނީ މުވައްޒަފުންގެ މުސާރަތައް ކޮވިޑް-19 އަށްފަހު މަތިވެގެން ދިއުމުންނެވެ.

މޯލްޑިވިއަންގެ ހަރަދުތައް މަތިވެ ގެއްލުމާ ކުރިމަތިވެފައިވާއިރު އެ ކުންފުނީގެ ދަރަނީގެ ހާލަތު ވަނީ މިދިޔަ އަހަރުގެ ދެ ކުއާޓަރު އަޅާ ކިޔާނަމަ ގޯސްވެފަ އެވެ. އެ ކުންފުނީގައި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު 40 މިލިއަން ރުފިޔާގެ ދަރަނި އެބައޮތެވެ. އަދި މި ކުއާޓަރުގައި އެ ކުންފުނި ހިންގަން ސަރުކާރުން 49.8 މިލިއަން ރުފިޔާގެ “ކޭޝް އިންޖެކްޝަނެއް” ދީފައިވެ އެވެ.

ހަރަދު މަތިވެ ގެއްލުންވި ނަމަވެސް އެ ކުންފުނީގެ ޖުމްލަ އާމްދަނީ މިހާރު ވަނީ މަތިވާން ފަށާފަ އެވެ. ތިންވަނަ ކުއާޓަރުގައި 135.9 މިލިއަން ރުފިޔާ އާމްދަނީއެއް ލިބިފައިވެ އެވެ.

އެ ކުންފުނީގެ ފްލީޓް ފުޅާ ކުރަން އިތުރު އިންވެސްޓްމަންޓް ތަކެއް ކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން 40 މިލިއަން ޑޮލަރުގެ ބޯޓު ހޯދަން އެ ކަމަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top