އިތުރު 15 އެމްބިއުލާންސް ގެނެސްފި

big_FmfKCF39qWHYfaDBgz2H5tdRN.jpeg

ރަށްރަށުގެ ސިއްހީ މަރުކަޒު ތަކުގައި ބޭނުން ކުރުމަށް އިތުރު 15 އެމްބިއުލާންސް މިއަދު ރާއްޖެ ގެނެސްފި އެވެ.

ސިއްހީ ހިދުމަތްދޭ ހުރިހާ ރަށަކަށްވެސް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްްރޮގްރާމްގެ ދަށުން ހެލްތު މިނިސްޓްރީން ވަނީ އެސްޓީއޯއާއެކު މިދިޔަ ޖޫން މަހު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެއްބަސްވުމުގައި ވާ ގޮތުން ހަ މަސް ދުވަސް ތެރޭގައި 96 އެމްބިއުލާންސް ގެންނަން ޖެހެއެވެ.

އޭގެ ތެެރެއިން 20 އެމްބިއުލެންސް ރާއްޖެ ގެނެސް މިދިޔަ އަހަރު އޮކްޓޫބަރު މަހު 13 ވަނަ ދުވަހު 20 ރަށަކަށް ފޮނުވާފައިވާއިރު ބާކީ ހުރި 76 އެމްބިއުލާންސް ގެ ތެރެއިން 20 އެމްބިއުލާންސް ނޮވެންބަރު 19 ވަނަ ދުވަހު ވަނީ މާލެ ގެނެސްފައެވެ. އިތުރު 15 އެމްބިއުލާންސް މިއަދު މާލެ ގެނެސްފައިވާކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެ ތަކެތި ވަރަށް އަވަހަށް ރަށްރަށަށް ފޮނުވަން ފަށާނެ ކަމަށާއި އެކަމަކު މި އެމްބިއުލާންސްތައް ފޮނުވަން ނިންމާފައިވަނީ ކޮން ރަށްރަށަކަށް ކަމެއް އަދި ހާމައެއް ނުކުރެއެވެ.

އެމްބިއުލާންސް ނެތިގެން ނުވަތަ ހަލާކުވެގެން ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ބަލިމީހުން ގެންދިއުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހި ހެލްތު މިނިސްޓްރީއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top