މެލޭޝިއާގެ ބޯޑަރުވެސް ހުޅުވާލަނީ

c1_2260903.jpg

ދެ އަހަރުވަންދެން ބަންދުކޮށްފައި އޮތް މެލޭޝިއާގެ ބޯޑަރު އަންނަ މާރިޗުމަހުން ފެށިގެން ހުޅުވާލައި، ކަރަންޓީނު ނުވެ އެ ގައުމަށް ދަތުރުކުރެވޭނެ ކަމަށް މިއަދު އިއުލާން ކޮށްފި އެވެ.

މެލޭޝިއާގެ ނެޝެނަލް ރިކަވަރީ ކައުންސިލުގެ ޗެއާމަން އަދި ކުރީގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ވިދާޅުވީ މެލޭޝިއާގެ ބޯޑަރު އެއްކޮށް ހުޅުވާލަން ނިންމާފައިވަނީ ކޮވިޑާ ގުޅިގެން އެ ގައުމަށް ދިމާވެފައިވާ އިގްތިސާދީ ގެއްލުންތަކުން އަރައިގަންނަން ކުރެވޭ މަސައްކަތްތަކުގެ ދަށުން ކަމަށެވެ. އެގޮތުން އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ގައުމަށް ޒިޔާރަތް ކުރާ ހުރިހާ ފަރާތްތަކަށް ބޯޑަރު ހުޅުވާލަން ނިންމާފައިވާ ކަމަށާއި ބޯޑަރު ހުޅުވާލުމުން އެގައުމަށް ދަތުރުކުރާއިރު ކަރަންޓީނު ވާން ނުޖެހޭގޮތަށް ހަދަން އެގައުމުގެ ރިކަވަރީ ކައުންސިލުން ނިންމާފައިވާ ކަމަށް މުހިއްޔުއްދީން ވިދާޅުވިއެވެ.

މެލޭޝިއާގެ ބޯޑަރު އެއްކޮށް ހުޅުވާލައި، ބޯޑަރު ހުރަސްކުރުމުގައި ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ލުއިދޭން ނިންމާފައިމިވަނީ ދެ އަހަރަށް ފަހު އެވެ. މެލޭޝިއާގެ ނެޝަނަލް ރިކަވަރީ ކައުންސިލުގެ މި ނިންމުމާއެކު ދުނިޔޭގެ ހުރިހާ ގައުމަކުންވެސް މެލޭޝިއާއަށް ދެން ދަތުރުކުރެވޭނެ އެވެ.

މެލޭޝިއާއަށް ދަތުރުކުރާއިރު ކަރަންޓީނުވާން ނުޖެހުނަސް، އެ ގައުމަށް ވަންނައިރު އާއި ގައުމުން ފުރާއިރު ޕީސީއާރު ޓެސްޓް ހަދަން ޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top